ENGLISH

11 ފެބްރުއަރީ 2026

Advertisement

ބިލެތްފަހި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް

11 ފެބްރުއަރީ 2026

|

އާމިނަތު ނުޒްލާ

ބިލެތްފަހި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ: އެމްޓީސީސީ

ށ. ބިލެތްފަހި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ނިމުމާ ގާތްވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބޭރު ތޮށީގައި ހިލަ ޖެހުމުގެ މަސައްކަތް ކަމަށެވެ. މުޅި މަޝަރޫއުގެ 95 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ބިލެތްފަހި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ: އެމްޓީސީސީ

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:

  • 50،376 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުން
  • 181 މީޓަރުގެ ސަރަހައްދެއްގެ އެއްގަމު ތޮށިލުން
  • 170 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 434 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުން
  • 1،565 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން

މީގެ އިތުރުން މަގު ބައްތި އަދި ނެރު ބައްތި ހަރުކުރުމުން ހިމެނެ އެވެ.

ބިލެތްފަހި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ: އެމްޓީސީސީ

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 28.42 މިލިއަން ރުފިޔާއަށެވެ.

ބިލެތްފަހި ބަނދަރު ތަރައްޤީކޮށް ނިމުމުން އެރަށަށް އަރާފޭބުމުގައި ލުއި ފަސޭހަތަކެއް ލިބިގެންދާނެ އެވެ. އަދި ހަމައެއާއެކު އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ވެސް ގިނަ ފައިދާތަކެއް ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު