ENGLISH

12 ފެބްރުއަރީ 2026

Advertisement

ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް މާދަމާ ފަށަނީ

11 ފެބްރުއަރީ 2026

|

ފާތުމަތު އަދާ

މޯލްޑިވިއަން ސީޕްލޭން، ފޮޓޯ: މޯލްޑިވިއަން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް އއ. ތޮއްޑޫއަށް މާދަމާއިން ފެށިގެން ސީޕްލޭންގެ ޚިދުމަތް ދޭން ތައްޔާރުވެއްޖެއެވެ. 

ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ދިނުމުގެ މަސައްކަތް ކުރާނީ މޯލްޑިވިއަނުންނެވެ. 

މޯލްޑިވިއަނުން ސީޕްލޭންގެ ޚިދުމަތް ތޮއްޑޫގައި ފަށަނީ ރައީސް ވިދާޅުވި ތާރިހުގައި ކަމަށް، މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް މީޑިއާއަކަށް ދެއްވި ހާއްސަ އިންޓަވުއެއްގައި ވިދާޅުވިއެވެ. ސީޕްލޭންގެ ޙިދުމަތް އެންމެ ފަހުން ފަށާފައިވަނީ ނ. ވެލިދޫގައެވެ.

"މި މަހުގެ 12 ގައި ތޮއްޑޫއަށް ވެސް ޚިދުމަތް އެބަ ފަށަން. އެކަމަށްވެސް ބޭނުންވާ ހުރިހައި ތައްޔާރީތަކެއް ވެފައިއޮތީ. އެހެންވީމަ ތޮއްޑޫގެ ޚިދުމަތްވެސް ވަރަށް އަވަހަށް ފެނިގެންދާނެ" ސަލީމް އިންޓަވިއުގައި ވަނީ ބުނެފައެވެ.

މާދަމާ ތޮއްޑޫއަށް ފަށާ ސީޕްލޭންގެ ޚިދުމަތް ހަފްތާއަކު 2 ދުވަހު ބާއްވާނެއެވެ. ސީޕްލޭންގެ ޚިދުމަތް ފެށުމުގެ ސަބަބުން ތޮއްޑޫގެ ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ނުހަނު ފައިދާ ތަކެއް ކުރާނެއެވެ.

ސީޕްލޭންގެ ޙިދުމަތް ފެށުމުގެ ސަބަބުން ދަތުރުފަތުރުކުރަން ރައްޔިތުންނަށް ފަސޭހަވެގެންދާނެއެވެ. ރައިސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވަނީ ރައްޔިތުންގެ އެދުމުގެ މަތިން މިހާތަނަށް 2 ރަށަކަށް ސީޕްލޭންގެ ޙިދުމަތް ފައްޓަވައިދެއްވައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު