ENGLISH

11 ފެބްރުއަރީ 2026

Advertisement

ފަސް ގައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަން ކުރަން ކޮމިޓީއަށް

11 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

މަޖިލިސް ޖަލްސާއެއްގެ ތެރެއިން. ފޮޓޯ؛ މަޖިލިސް

ބޭރުގެ ފަސް ގައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަން ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރާ ގައުމުތަކަކީ:

  • ކިއުބާއަށް - އަބްދުލްޣަފޫރު މުހައްމަދު
  • ބްރެޒިލްއަށް - ޑރ. އަލީ ނަސީރު މުހައްމަދު
  • މެކްސިކޯއަށް - ޝިރުޒިމަތު ސަމީރު
  • އޮމާން - އަހުމަދު ސަރީރު
  • އަރްމީނިއާ - މުހައްމަދު ހުސައިން ޝަރީފް

އަބްދުލްޣަފޫރަކީ ސަރުކާރުން މިހާރު އެމެރިކާއަށް ކަނޑައަޅާފައި ހުންނެވި ސަފީރެވެ. އެމެރިކާގެ ސަފީރުކަމަށް އަބްދުލްޣަފޫރު އައްޔަނުކުރެއްވީ 2022 ވަނަ އަހަރު އެވެ. 

ޑރ. އަލީ ނަސީރަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ކަނޑައަޅާފައި ހުންނެވި ދާއިމީ މަންދޫބެވެ.

ޝިރުޒިމަތު ސަމީރަކީ އެންޓީގާ އެންޑް ބާބުޑާއަށް ކަނޑައަޅާފައި ހުންނެވި ސަފީރެވެ.

އަހުމަދު ސަރީރަކީ ރާއްޖެއިން ސައޫދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނެވި ސަފީރެވެ. އަދި މުހައްމަދު ހުސެއިން ޝަރީފަކީ ޔޫއޭއީއަށް ރާއްޖޭގެ ފަރާތުން ކަނޑައަޅާފައި ހުންނެވި ސަފީރެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި މި ބޭފުޅުންނަށް ރުހުން ދިނުމާ މެދު މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

މި މައްސަލަ ދިރާސާކުރުމަށް މިހާރު ވަނީ ގައުމީ ސަލާމަތާ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު