ENGLISH
11 ފެބްރުއަރީ 2026
ޝިޔާމްގެ "ހަނދާންތަކުން ތަންކޮޅެއް" ، ރޯދައަށް ހޯދާލަން ރަނގަޅު ފޮތެއް
11 ފެބްރުއަރީ 2026
|
ޝިޔާމްގެ ފޮތް ކުރީގެ ވަޒީރު މުޖްތަބާ ނެރެދެއްވަނީ
އެންމެ މަޤްބޫލު
ކުޅަދާނަ ލިޔުންތެރިޔާ އަހްމަދު ޝިޔާމްގެ އައު ފޮތް "ހަނދާންތަކުން ތަންކޮޅެއް" އިފްތިތާހު ކުރައްވައިފި އެވެ.
ހަތްދިހައިގެ އަހަރުތަކުގައި އަމިއްލަފުޅަށް ކުރެއްވުނު ތަޖުރިބާތަކާއި ގުޅޭގޮތުން 14 ސުރުޚީއެއްގެ ދަށުން ޝައުޤުވެރި ލިޔުންތަކެއް ހިމެނޭ މި ފޮތް އިފްތިތާހު ކުރުން އޮތީ އިއްޔެ ހަވީރު އޮތް ކުޑަ ރަސްމިއްޔާތެއްގަ އެވެ.
ފޮތް ނެރެދެއްވީ ކުރީގެ މިނިސްޓަރު އަހްމަދު މުޖްތަބާ އެވެ.
ފޮތް އިފްތިތާހު ކުރެއްވުމަަށް ފަހު ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ ކޮވިޑްގެ ދުވަސްވަރު ލިޔުއްވަން ފެއްޓެވި މި ފޮތުގައި އޭނާގެ ހަޔާތުގެ އެންމެ ޚާއްސަ ހަނދާންތައް ހިމަނުއްވާފައިވާނެ ކަަމަށެވެ.
ދިވެހީންގެ ތާރީޚަށް ވަރަށް ބޮޑަށް ލޯބިކުރައްވާ ޝިޔާމްގެ މި ފޮތުގައި 70 ގެ އަހަރުތަކުގައި މާލެ އޮތް ގޮތާއި މާލޭގައި ކުރެއްވުނު މުހިންމު ތަޖުރިބާތަކާއި ގުޅޭ ލިޔުންތައް ހިމަނުއްވާފައިވެ އެވެ. އަދި އެ ދުވަސްވަރު ރޯދައަށް ޚާއްސަ ކަންކަމާއި އެ ނޫން ވެސް މުހިންމު ބައެއް މައުލޫތަކަށް ލިޔުންތައް ހިމަނުއްވާފައިވެ އެވެ.
މި ފޮތް މިއަދުން ފެށިގެން އަސްރަފީ ބުކްޝޮޕުން ލިބެން ހުންނާނެ އެވެ. އަދި ދިވެހި ފޮތް އެޕުން ވެސް ކިޔައިލެވޭނެ އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި މި ސިލްސިލާގެ އިތުރު ފޮތްތައް ވެސް ނެރުއްވާނެ އެވެ. އެ ގޮތުން ދެވަނަ ފޮތް މި އަހަރުތެރޭ ނެރެވޭނެ ކަމަށް ވިދާޅުވި އެވެ.
މި ހަފްލާގައި ބަހުގެ ދާއިރާގެ އިސް ބޭފުޅުންނާއި ޝިޔާމްގެ އާއިލީ ބޭފުޅުން އަދި ރަޙްމަތްތެރީން ބައިވެރިވެވަޑައިގަތެވެ.