ENGLISH
08 ފެބްރުއަރީ 2026
އެމްޓީސީސީގެ ސާބަސް ޔަންމާ ޕްރޮމޯ 2026 ފަށައިފި
08 ފެބްރުއަރީ 2026
|
އެމްޓީސީސީގެ ސާބަސް ޔަންމާ ޕްރޮމޯ 2026 އިފްތިތާހުކުރުން -- ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ "ސާބަސް ޔަންމާ ޕްރޮމޯ 2026" އިފްތިތާހު ކޮށްފިއެވެ.
މޯލްޑިވްސް މެރިން އެކްސްޕޯގެ ހަވާސާގައި ބޭއްވި ހަފްލާއެއްގައި މި ޕްރޮމޯ އިފްތިތާހުކޮށްދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޖަމްޝީދެވެ.
ފެބްރުއަރީ 15 އިން މާރޗް 31 ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންއަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު ޔަންމާ އިންޖީނު ގަނެވޭނެ ޕްރޮމޯޝަނެކެވެ. މިގޮތުން މި ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ އިންޖީނަކަށް 8 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ.
އެމްޓީސީސީއިން ބުނީ މި ޕްރޮމޯގައި ބައިވެރިވުމަށް 31 މާރޗް ވަނަ ދުވަހު ނުވަތަ އެދުވަހުގެ ކުރިން 10 އިންސައްތައިގެ ބުކިންގ ފީއެއް ދައްކައި، އިންޖީނު އޯޑަރ ޔަގީންކުރަންޖެހޭނެ ކަމަށެވެ.
އެމްޓީސީސީއަކީ މޯލްޑިވްސް މެރިން އެކްސްޕޯ 2026ގެ ސްޕޮންސަރެކެވެ. މެރިން އެކްސްޕޯގައި އެމްޓީސީސީއިން ދަނީ އައު އުފެއްދުންތަކާއި ޚިދުމަތްތައް ތައާރަފުކުރަމުންނެވެ. އަދި އެމްޓީސީސީ ކަށަވަރު ފޭސްބުކް ޕޭޖު މެދުވެރިކޮށް ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.