ENGLISH

06 ފެބްރުއަރީ 2026

Advertisement

ފަތުރުވެރިކަން ސިންދަފާތުކުރުން؛ މޯލްޑިވްސް ޕަރލް ރެޒިޑެންސް، އޭޕްރީލުގައި އިފުތިތާހުކުރާނެ

06 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ރާއްޖޭގެ ހިތްގައިމު ރިސޯޓެއް، ފޮޓޯ: އަނަންތަރާ ވެލި

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކޮށް ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ މަންފާ އިތުރުކުރުމުގެ ގޮތުން ހާއްސަ ޕްރޮގުރާމެއް އަންނަ އޭޕްރީލު މަހުގައި ސަރުކާރުން އިފުތިތާހުކުރަން ނިންމައިފިއެވެ. 

އިއްޔެ މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއްވެވި 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނުވަނީ މި ޕްރޮގުރާމު ރޭވިފައިވާ ގޮތާއި، އެ ޕްރޮގުރާމުގެ މަސައްކަތް ކުރިއަށްގެންދެވުނު ގޮތުގެ ތަފުސީލުތައް ހާމަކުރައްވާފައެވެ. 

ރައީސް ވިދާޅުވި ގޮތުގައި މި ޕްރޮގުރާމަކީ ހަލުއިކޮށް ތަރައްގީވަމުން އަންނަ ފަތުރުވެރިކަމުގެ ސިނާތަށް ފުރުސަތު ފިނުމަށް ފަރުވާކުރެވިފައިވާ ޕްރޮގުރާމެކެވެ. އަދި ޕްރޮގުރާމު ކުރިއަށްގެންދިއުމަށް ރޭވިފައިވަނީ ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމުގައިވާ ހެންލީ އެންޑް ޕާނާސްއާ ހަވާލުކޮށްގެންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ މި ޕްރޮގުރަމަކީ ސަރުކާރުން ކަނޑައަޅާ އުސޫލުތަކެއްގެ މަތިން، ސަރުކާރުން ކަނޑައަޅާ ވަކި ސިނާއަތްތަކެއްގައި އިންވެސްޓުކުރުމުގެ މުގާބިލުގައި ރެޒިޑެންސް ވިސާއެއް ދޫކޮށް، ދުރު ރާސްތާގއި ދެމެހެއްޓެނެވި އިގުތިސާދީ ބޮޑު މަންފާއެއް ރާއްޖެއަށް ހޯދޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގުރާމެއް ކަމަށެވެ. 

" މި ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގައި ބޭރު ފައިސާ ދައުރުވާ ނިސްބަތް އިތުރުވެ، އިންވެސްޓްކުރާނެ ކެޕިޓަލް އިތުރުވެ، އައު ޞިނާޢީ މަސައްކަތްތައް އުފެދި ރާއްޖޭގައި ކުރިއަރައި ދިއުމަށް މަގުފަހިވެގެންދާނެ.،" ރައީސް ވިދާޅުވިއެވެ. 

އެ ޕްރޮގުރާމު ހިންގުމަށް ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަމާއެކު މިހާރު ކުރިއަށްދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުން އަމާޒު ހިފާފައިވަނީ އަންނަ އޭޕްރީލު މަހުގެ ތެރޭގައި އެ ޕްރޮގުރާމު އިފުތިތާހުކޮށް، އެ ޕްރޮގުރާމަށް ކުރިމަތިލާ ފަރާތްތަކުގެ އެޕްލިކޭޝަން ބަލައިގަތުމަށް ފެށުމަށް ކަމަށެވެ. 

ރާއްޖޭގެ އިގުތިސާދުގެ ވިލުންތެރިކަން އިތުރުކުރުމުގެ ގޮތުން ރާއްޖެއަށް އިންވެސްޓުކުރުމުގެ އިތުރު ފުރުސަތުތައް ފަހިކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯނާ ބެހޭ ގާނޫނަށް ބަދަލުތަކެއް ގެނެސް، ސަސްޓެއިނަބަލް ޓައުންޝިޕްތަކަށް އިންވެސްޓުކުރަން ފުރުސަތު ހުޅުވައިލާ، ނ.އަަތޮޅުގައި ރާއްޖޭގެ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫއު ހިންގުމަށް ދިން ހުއްދައިގެ ދަށުން، މިހާރު އެ މަޝްރޫއުގެ އަމަލީ މަސައްކަތްވަނީ ފަށާފައެވެ. 

ސަރުކާރުގެ އަމާޒަކީ ޖުމްލަކޮށް މުޅި އިގުތިސާދު ސިންދަފާތުކުރުމުގެ އިތުރަށް ރާއްޖޭގެ މައިގަނޑު ސިނާއަތް ކަމުގައިވާ ފަތުރުވެރިކަންވެސް ސިންދަފާތުކޮށް ބޮޑެތި ބަދަލުތަކެއް ގެނެސް، ބޭރުން އަންނަ ލޮޅުންތަކުން އެ ސިނާއަތަށް ކުރާ ނޭދެވޭ އަސަރު ކުޑަވާނެ ގޮތަށް އެ ސިނާއަތް ބައްޓަންކުރުމެވެ. 

ކިޔުންތެރިންގެ ހިޔާލު