ENGLISH

19 އޭޕްރީލު 2025

Advertisement

ތޮއްޑޫގައި ޑޮލަރު އޭޓީއެމްއެއް ޤާއިމުކުރުމަށް ރަޢީސުލްޖުމްހުރިއްޔާ ވަޢުދުވެވަޑައިގެންފި

08 ޑިސެމްބަރު 2024

|

ޝަރާ އަބްދުﷲ

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތޮއްޑޫގެ ރައްޔިތުންނާ މުހާތަބުކުރައްވަނީ

ތޮއްޑޫގައި ޑޮލަރު އޭޓީއެމްއެއް ޤާއިމުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު، މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންނާއި ރަށްރަށުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާ ބައްދަލުކުރެއްވުމުށް ފައްޓަވާފައިވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން އއ. ތޮއްޑޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްޞަ ޖަލްސާގައެވެ.

ތޮއްޑުއަކީ ލޯކަލް ޓޫރިޒަމްއަށް ޚާއްޞަ ރަށެއްކަން ފާހަގަކުރައްވައި އެރަށުގައި ތިބެގެން ޑޮލަރު ލިބޭނެ ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްތައް ޤާއިމްކުރުމުގެ މަޝްރޫޢު މިހާރު ހިނގަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ޤަސްދުކުރަނީ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމުގެ ތެރެއިން، މިރަށުގައި ތިބެގެން ޑޮލަރު ވިތުޑްރޯ ކުރެވޭ ގޮތްވާން ޖެހޭނެކަމަށް. ޑޮލަރުގެ އޭޓީއެމްއެއް އިރާދަކުރެއްވިއްޔާ ޤާއިމްކޮށްދޭނަން" - ރައީސް

މީގެ އިތުރުން، ރައީސް ވިދާޅުވީ ތޮއްޑޫ ކައުންސިލުގެ ލޯކަލް އޮތޯރިޓީ ކޮމްޕެނީން ރަށުގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ހިންގާ ހުރިހާ މަޝްރޫއުތަކަށް ފުރިހަމަ އެއްބާރުލުން ސަރުކާރުގެ ތެރެއިން ދެއްވާނެކަމަށެވެ.

"ކައުންސިލުގެ ފަރާތުން، ކައުންސިލުގެ މިކޮމްޕެނީން ރަށުގެ ރައްޔިތުންގެ ފުދުންތެރިކަމާއި މުއްސަނދިކަން އިތުރުކޮށްދިނުމަށްޓަކައި ހިންގަން ބޭނުންވާ މަޝްރޫޢުތަކަށް ފުރިހަމަ އެއްބާރުލުން ސަރުކާރުގެ ތެރެއިން، އެއީ އިންވެސްޓްމެންޓް އެކުންފުންޏަށް ހަމަޖައްސައިދިނުން ކަމަށް ވިޔަސް އަދި އެހެނިހެން މަގުތަކުން މަގުފަހިކޮށްދިނުން ކަމުގައިވީ ނަމަވެސް އަޅުގަނޑުމެން ފުރިހަމަ އެއްބާރުލުން ދޭނަން " - ރައީސް

ތޮއްޑޫގެ މަގުތައް ހެދުމުގެ މަޝްރުއުގައި މިހާރު ސޮއި ކުރައްވާފައިވާ ކަމަށާއި މި އަންނަ އަހަރު ވެގެންދާނީ އެރަށުގައި މަގު ހެދުމުގެ މަޝްރޫއު ހިނގާނެ އަހަރެއް ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. މީގެ ސަބަބުން ރަށުގެ އިޤްތިޞާދު ކުރިއަރައިގެން ދާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"އިރާދަކުރެއްވިއްޔާ ރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް، މި އަންނަ އަހަރުވެގެންދާނީ މި ރަށުގެ މަގު ހެދުމުގެ މަޝްރޫއު ހިނގާ އަހަރަކަށް. އެކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަ ލޮބުވެތި ރައްޔިތުންނަށް ދެން " - ރައީސް 

ތޮއްޑޫ ސްކޫލާއި ސިއްޙީ މަރުކަޒަށް ޖާގަ އިތުރުކޮށް، ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު