ENGLISH
19 އޭޕްރީލު 2025
2025 އަދި 2026 ވެގެންދާނީ ވަޢުދުތައް ފުއްދުމަށް ޢަމަލީ ގޮތުން މަސައްކަތް ހިނގާ ދެ އަހަރަށް: ރައީސް
08 ޑިސެމްބަރު 2024
|
އއ. ތޮއްޑޫގައި ރައީސް މިއަދު ވާހަކަ ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް
ކުރިއަށް އޮތް 2025 އަދި 2026 ވެގެންދާނީ އެމަނިކުފާން ރަށްރަށަށް ވަޑައިގެން ރިޔާސީ އިންތިޚާބުގައި ވެވަޑައިގަތް ވަޢުދުތައް ފުއްދުމަށްޓަކައި އަމަލީ ގޮތުން މަސައްކަތްތައް ހިނގާ ދެ އަހަރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އަރިއަތޮޅު އުތުރުބުރި އާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގައި އއ. ތޮއްޑޫގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ ސަރުކާރަަށް މި އަހަރު ކަންކަން ކުރުމުގައި އެންމެ ބޮޑު ހުރަހަކަށް ދިމާވީ ސިޔާސީ ވިސްނުމެއްގައި މި ސަރުކާރަށް އުނދަގޫ ކުރުމަށްޓަކައި އޭރު އޮތް މަޖިލީހުން ފާސްކޮށްފައި އޮތް ބަޖެޓް ކަމަށެވެ.
"މި އަހަރު ދެން މި ނިމޭއިރު ކަންކަން ނުކުރެވުނު ސަބަބު ދަންނަވާލާނަން. އެއީ ފޮރިވިފައި އޮތް ވާހަކައެއް ނޫން. ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ވެސް ޝާމިލް އެއް ވާހަކައެއް. އެއީ ކުރިން މިފަދަ 169 ކައުންސިލްއާ ބައްދަލުކޮށް ވެސް ދެއްކި ވާހަކަ. އެއީ އަޅުގަނޑުމެން ސަރުކާރުން ނިންމާ ފާސްކުރި ބަޖެޓަކުން ނޫން މި ތަންފީޒު ކުރަން ޖެހުނީ. މި އަހަރު މި ނިމެނީ. މި އަހަރު މި މަހާ އެކު މި ހިނގަނީ މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު، މިދިޔަ ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހަކަށް، ހުށަހަޅައިގެން އޭރު އަޅުގަނޑުމެންގެ ޓްރާންސިޝަން މަރުހަލާގައި ހުށަހެޅި ކަންކަމަށް އެއްވެސް ސަމާލުކަމެއް ނުދީ ފާސްކޮށްފައި އޮތް ބަޖެޓެއް،" ރައީސް ވިދާޅުވިއެވެ.
"އެއްވެސް ވަރަކަށް މަސައްކަތް ކުރިއަށް ނުގެންދެވޭ ގޮތަށް ފާސްކޮށްފައި އޮތް ބަޖެޓެއް އެއީ. ޕީއެންސީ އަށް މެޖޯރިޓީ އޮތް މަޖިލީހެއް ރައްޔިތުން ހޮވި ނަމަވެސް ބަޖެޓުގެ މަރުހަލަ މި ނިމެނީ މި އަހަރުގެ ނިޔަލަށް."
ރައީސް ވިދާޅުވީ މިހާރު ފާސްކޮށްފައި މިވަނީ މި ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދެވޭ ގޮތަށް އޮތް ބަޖެޓެއް ކަމަށެވެ. އަދި މި މަހުގެ ފަހުކޮޅުން ފެށިގެން އެ ބަޖެޓުގެ އަމަލީ މަސައްކަތް ފަށާާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
"ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަގައި އަޅުގަނޑުވެފައި ހުރި ހުރިހާ ވަޢުދެއް ތަރުތީބެއްގެ ތެރޭން އަމަލީ ގޮތުން މަަސައްލަތްތައް ފަށައި އެކި މަޝްރޫއުތައް ނިމެމުންވެސް ދާނެ،" ތޮއްޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވިއެވެ.