ENGLISH

01 ފެބްރުއަރީ 2026

Advertisement

ރައީސްގެ އަނބިކަނބަލުން، މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ އަހަރީ ޖަލްސާގައި ބައިވެރިވަޑައިގެންނެވުން

01 ފެބްރުއަރީ 2026

|

ޢަލީ ޝަހީމް

ރައީސްގެ އަނބިކަނބަލުން، ގަރލް ގައިޑްސް އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުން -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު، މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ އަހަރީ ޢާންމު ޖަލްސާ 2025 ގައި ބައިވެރިވެވަޑައިގެންފި.

ޖަނަވަރީ 31 ވަނަ ދުވަހުގެ ހެނދުނު މޫކާއި ހޮޓަލުގައި ބޭއްވި މި ޖަލްސާ އަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގަތުމުން އެކަމަނާއަށް އަދި މި ރަސްމިއްޔާތުގެ ޚާއްޞަ މެހެމާން، ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސް އަދި ގާލް ސްކައުޓްސްގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރ އަށް ވަނީ ގާޑް އޮފް އޮނަރއެއް އަރުވާފަ.

ރައީސްގެ އަނބިކަނބަލުން، ގަރލް ގައިޑްސް އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުން -- ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ 2025 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައިވަނީ، 2024 ވަނަ އަހަރުގެ ޢާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި މާލީ ބަޔާން އިއްވާފަ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ އިސްވެރިން އަދި ގިނަ އަދަދެއްގެ ގައިޑުން ބައިވެރިވި

ކިޔުންތެރިންގެ ހިޔާލު