ENGLISH
05 ޖުލައި 2025
މޯލްޑިވްސް މީޑިއާ ކައުންސިލަށް އާ މެންބަރުން މިއަދު އިންތިޚާބުކޮށްފި
07 ޑިސެމްބަރު 2024
|
މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓުލަނީ
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް އާ މެންބަރުން މިއަދު އިންތިޚާބުކޮށްފި އެވެ.
އެމްއެމްސީއަށް އާ މެންބަރުން ހޮވުމަށް އިންތިހާބެއް ބާއްވާފައި މިވަނީ މިހާރު އޮތް އެމްއެމްސީގެ ދައުރު އަންނަ ހޮނިހިރު ދުވަހަށް ހަމަވާތީ އެވެ. މި އިންތިހާބު ބާއްވާފައިވަނީ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގަ އެވެ.
މި އިންތިޚާބުގައި މީޑިއާތަކާއި އާންމު ފަރާތްތަކުން ޖުމްލަ 22 ކެންޑިޑޭޓުން ވާދަކުރިއެވެ. އަދި 139 މީޑިއާއަކުން ވޯޓުލާފައިވެއެވެ.
މީޑިއާތަކުން އިންތިޚާބުކުރި ހަތް މެންބަރުންގެ ތެރޭގައި ހިމެނެނީ، މިހާރު ނޫހުގެ ފާތިމަތު ޝަނާ މުޙައްމަދު (118 ވޯޓު)، ވަގުތު ނޫހުގެ ނޫހުގެ ނަޖާޙު މަސްއޫދު (117 ވޯޓު)، އާފަތިސް ނޫހުގެ ޙަސަން ޝާކިރު (93 ވޯޓު)، ހަފްސީ.ކޮމްގެ ޙަފްޞީ ޢަބްދުﷲ (75 ވޯޓު)، ތިލަދުން ނޫހުގެ ޙުސައިން ޝަގީފް (74 ވޯޓު)، 27 އޮންލައިންގެ ޙުސައިން ޙަސަން (74 ވޯޓު) އަދި ދިޔަރެސް ނޫހުގެ ފާތިމަތު ނަހުދާ ފާއިޒް (71 ވޯޓު) އެވެ.
އާންމުންގެ ފަރާތުން އިންތިޚާބުވި ތިން މެންބަރުންނަކީ، ގާނޫނީ ވަކީލު އިބްރާހިމް ފައުޒީ (80 ވޯޓު)، އެމްއެމްސީގެ ކުރީގެ ލީގަލް ހެޑް ފާތިމަތު ފަހުމީ (76 ވޯޓު) އަދި ކުރީގެ ނޫސްވެރިއެއް ކަމަށްވާ އިބްރާހިމް މުޙައްމަދު (49 ވޯޓު) އެވެ.
އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް ވޯޓާސް ލިސްޓަށް ބަދަލުތަކެއް ގެނައިކަމަށް ބުނެ ބައެއް ކެންޑިޑޭޓުންގެ ފަރާތުން މައްސަލަތަކެއް ހުށަހަޅާފައިވެ އެވެ. ނަމަވެސް މިއަދުގެ ވޯޓުލުން ކުރިއަށް ގޮސްފައިވަނީ ވަރަށް އަމާންކަމާއެކުކަން ފާހަގަ ކޮށްލެވެ އެވެ.