ENGLISH
25 ޖެނުއަރީ 2026
ޕީއެންސީގެ ކެމްޕެއިން ފޯރީގައި؛ މައްޗަންގޯޅީ ދެކުނުގެ ދޮރުން ދޮރަށް ހަރަކާތް ކުރިއަށްގެންގޮސްފި
25 ޖެނުއަރީ 2026
|
ޕީއެންސީން ކުރިއަށްގެންދިޔަ މައްޗަންގޯޅި ދެކުނު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން، ފޮޓޯ: އެމްއެމްޓީވީ
ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބަަށް ކެމްޕެއިންކުރުމަަށް ވެރިކަން ކުރާ ކޮންގުރެެސް ޕާޓީން މާލޭގައި ހިންގަމުން އަންނަ ހަރަަކާތްތަކުގެ ތެރެއިން މައްޗަންގޯޅި ދެކުނު ދާއިރާގެ ކެމްޕެއިންގައި ގެއިން ގެއަށް ހިނގުމުގެ ހަރަކާތްތައް ކުރިއަށްގެންގޮސްފައިވެއެވެ.
މިއަދު މާލެ ސިޓީގައި ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތުގައި މާލެ ސިޓީގެ މޭޔަރުކަމަށް ކޮންގުރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ މޫސާ އަލީ ޖަލީލު އަދި މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މަގާމަށް އެ ޕާޓީގެ ފަރާތުން ވާދަކުރައްވާ އަލްއުސްތާޛާ ޢާއިޝަތު އަލައިކާ ޢަދުނާނު ބައިވެރިވެވަޑައިގަތެވެ.
ޕީއެންސީން ކުރިއަށްގެންދިޔަ މައްޗަންގޯޅި ދެކުނު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން، ފޮޓޯ: އެމްއެމްޓީވީ
ޕީއެންސީން ކުރިއަށްގެންދިޔަ މައްޗަންގޯޅި ދެކުނު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން، ފޮޓޯ: އެމްއެމްޓީވީ
އެ ބޭފުޅުންގެ އިތުރަށް މައްޗަންގޮޅީ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުސްތަފާ ހުސައިންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި ކައުންސިލުގެ އެ ދާއިރާގެ ގޮނޑިއަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެ ދާއިރާގެ ގޮނޑިއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެނޑިޑޭޓުންވެސް ގޭގެއަށް ވަޑައިގެންފަައިވެއެވެ.
ޕީއެންސީން ކުރިއަށްގެންދިޔަ މައްޗަންގޯޅި ދެކުނު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން، ފޮޓޯ: އެމްއެމްޓީވީ
ކޮންގުރެެސް ޕާޓީން އަންނަނީ މާލޭގެ އިތުރަށް އަތޮޅުތެރޭގައިވެސް ކެމްޕެއިން ހަރަކާތްތައް ފޯރީގައި ހިންގަމުންނެވެ. އެ ޕާޓީގެ ބައެއް ލީޑަރުން ގެންދަވަނީ އަތޮޅު ތެރޭގެ ރަށްރަށަށް އަދި ސިޓީތަކަަށް ވަޑައިގެން ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންދެއްވަމުންނެވެ.
މާލޭ ސިޓީއާއި އެހެނިހެން ސިޓީތަކާއި ރަށްރަށުގައި ސަރުކާރުން ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް މަޑުނުޖެހި ހަލުއިކޮށް ކުރިއަށްގެންގޮސް، ވައުދުވެވަޑައިގެންނެވި ގޮތަށް ހުރިހާ ކަމެއް ފުރިހަމަކުރުމަށްޓަކައި އެ މަސައްކަތްތަކުގައި ސަރުކާރަށް އެއްބާރުލުންދޭނެ ކައުންސިލަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން އިންތިހާބުކޮށްދިނުމަށް ރައީސުލް
ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.