ENGLISH

25 ޖެނުއަރީ 2026

Advertisement

ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޓީޗަރަކަށް ދަޢުވާކުރަނީ

25 ޖެނުއަރީ 2026

|

އަބްދުﷲ މުއާޒު

މ. ކޮޅުފުށީގައި ހުންނަ މ. އަތޮޅު މަދަރުސާ | ފޮޓޯ: ދެން

މ. އަތޮޅު މަދަރުސާގެ ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައިި ޓީޗަރެއްގެ މައްޗަށް ދަޢުވާކޮށްފިއެވެ. އެ މައްސަލާގައި ދަޢުވާކޮށްފައިވަނީ މ. ކޮޅުފުށި، ސާދާގެ، ޝުޢައިބު ޢަބްދުﷲގެ މައްޗަށެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، ޝުޢައިބު ޢަބްދުﷲގެ މައްޗަށް ދަޢުވާކޮށްފައިވަނީ، ހެލްތް އެންޑް ފިޒިކަލް އެޑިއުކޭޝަން ޓީޗަރެއްގެ ގޮތުގައި ހުރެ، އެ ސްކޫލް ދަރިވަރުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައިކަމަށެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކުރަން މ. ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓަށް ފޮނުވާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އޭނާގެ މައްޗަށް ވަނީ 5 ދަޢުވާއެއްކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ:

  • އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ދެ ދަޢުވާ
  • އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ ޢަމަލެއް ބެލުވުން
  • އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ ޢަމަލެއް ބެލުވުން
  • ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުން

މި ދަޢުވާތަކަކީ ޝުޢައިބު ޢަބްދުﷲ، މ. އަތޮޅު މަދަރުސާގައި އޭނާ ކިޔަވައިދެމުންދިޔަ ދެ ކުއްޖެއް ގައިގާ ޖިންސީ ނިޔަތެއް އޮވެގެން އަތްލާފައިވާތީއާއި، އެކުދިންނަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކާފައިވާތީ ކޮށްފައިވާ ދަޢުވާތަކެއްކަމަށް ޕީޖީ އޮފީހުން ބުންޏެވެ. މި ދަޢުވާތައް ސާބިތުވެއްޖެނަމަ، ޝުޢައިބު ޢަބްދުﷲ ގެ މައްޗަށް މަދުވެގެން 60 އަހަރާއި 1 މަހާއި 6 ދުވަހުގެ ޖަލު އަދަބެއް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު