ENGLISH
05 ޖުލައި 2025
ރަސްފަންނުން ފެންނަ ވިހަ ބޮއްޔަކަށް ސަމާލުވުމަށް އެދިއްޖެ
07 ޑިސެމްބަރު 2024
|
ރަސްފަންނުން ފެންނަކަމަށް ބުނާ ވިހަ ބޮލި: މި ބޮއްޔަށް ދިވެހިން ކިޔަނީ ތިކިތެޅި ބިލެތް ތޫރި.
ރަސްފަންނުން ފެންނަ ކަމަށްބުނާ ވިހަގަދަ ރީތި ބޮއްޔަކަށް ސަމާލުވުމަށް، ތިމާވެށީގެ ދިރުންތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "އޯޝަން ހޯލިކް މޯލްޑިވްސް" އިން އެދިއްޖެއެވެ.
ރަސްފަންނުން ފެންނަ ކަމަށް ބުނާ "ކޯން ސްނެއިލް" ބޮއްޔެއްގެ ކުރު ވީޑިއޯ ކޮޅެއް ފޭސްބުކްގައި އާންމުކޮށް، އޯޝަން ހޯލިކް އިއްޔެ ވަނީ އެ ބޮލީ ކަށި ޖެހުމުން ވިހަވެދާނެ ކަމަށް ބަލައި ރައްކާތެރިވާންވީ ގޮތް ބުނެދީފަ އެވެ.
އޯޝަން ހޯލިކްއިން ބުނި ގޮތުގައި ރާއްޖެއިން ކުރިއްސުރެ ފެންނަ، ފުރާނަ އަށް ވެސް ނުރައްކާ ވެދާނެހާ ވިހަ ގަދަ މި ބޮލި، އާންމުކޮށް ތިލަވާނީ އިރުއޮއްސޭ ދަޅައަށެވެ. އެހެން ކަމުން ހަވީރާއި ރޭގަނޑު ރަސްފަންނު މޫދަށް އެރޭނަމަ، ބޮޑެތި މީހުން ހުސްފައިގައި ހިނގާފައި ނޫޅުމަށާއި ހާއްސަކޮށް ކުޑަކުދިން މޫދަށް އެރުވާނަމަ، މޫދަށް އެރޭ ކަހަލަ ބޫޓަކަށް އެރުވުމަށް އެ ޖަމިއްޔާ އިން އިލްތިމާސް ކުރެއެވެ.
ތިކިތެޅި ބިލެތްތޫރި ބޮއްޖެެއް: ސަމާލުވާން ޖެހެނީ ދިރޭ ބޮލީގައި އަތްލާއުޅޭއިރު
ކިރު ނުވަތަ ކްރީމް ކުލައަކަށްދާ، ކަޅު ރޮނގު ބުރިތަކެއްހެން ކުރެހުން އަޅާފައި ހުންނަ މި ބޮއްޔަށް ރާއްޖޭގެ ބައެއް ހިސާބުތަކުގައި ކިޔައި އުޅެނީ "ތިކިތެޅި ބިލެތް ތޫރި" ބޮއްޔެވެ. އިނގިރޭސި ބަހުން މި ބޮއްޔަށް ކިޔަކީ "ލެޓާޑް ކޯން" އެވެ.