ENGLISH

05 ސެޕްޓެމްބަރު 2025

Advertisement

މުސާރަ ނުދޭ ކަމަށް ބުނެ ގްރީން ޒޯންގައި މުޒާހަރާކުރި 49 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

07 ޑިސެމްބަރު 2024

|

ޝަރާ އަބްދުﷲ

މުޒާހަރާގެ ބައެއް ބައިވެރިން

ވަޒީފާ އަދާކުރާ ކުންފުނިން މުސާރަ ނުދޭ ކަމަށް ބުނެ ގްރީން ޒޯންގައި މިއަދު މުޒާހަރާކުރި މައްސަލާގައި 49 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. 

މީޑީއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ބިދޭސީންތަކެއް މުލިއާގެ ސަރަހައްދުގައި ހިތްހަމަނުޖެހުން ފާޅުކުރި މައްސަލައާ ގުޅިގެން ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަންގެ އޮފިޝަލުންވެސް އެ ތަނުގައި ހަރަކާތްތެރިވި ކަމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މުޒާހަރާގައި ބައިވެރިވި އިންޑިއާގެ 38 މީހަކާއި ބަންގްލަދޭޝްގެ 11 މީހަކު މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. 

މުލިއާގެ ދޮށަށް އެއްވީ ކޮން ކުންފުންޏެއްގައި މަސައްކަތްކުރާ ބިދޭސީންތަކެއް ކަމެއް ފުލުހުން ނުބުނެ އެވެ.

އެނގިފައިވާ ގޮތުން އެ ބިދޭސީންނަކީ ކޮންސްޓަރަކްޝަން ކުންފުނިތަކުގައި މަސައްކަތްކުރާ ބަޔެކެވެ. އެ މީހުންނަށް މުސާރަ ނުދޭތާ ވީ ކިހާ ދުވަހެއް ކަމެއް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ.

މުސާރަ ނުދޭ މައްސަލާގައި މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ބިދޭސީންތަކެއް މުޒާހަރާކޮށްފައި އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު