ENGLISH

05 ޖުލައި 2025

Advertisement

ގއ. ދާންދޫގައި މީހަކު މަގުމަތީގައި މަރުވެފައި އޮއްވާ ފެނިއްޖެ

07 ޑިސެމްބަރު 2024

|

ޝަރާ އަބްދުﷲ

ގއ. ދާންދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: ގއ. ދާންދޫ ކައުންސިލް

ގއ. ދާންދޫގައި މީހަކު މަގުމަތީގައި މަރުވެފައި އޮއްވާ ފެނިއްޖެ

އެރަށު މަގުމަތީގައި މަރުވެފައި ފެނުނީ އުމުރުން 33 އަހަރުގެ އަހުމަދު އަބްދުﷲ އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ ގއ. ދާންދޫ ފެނަކަ ބްރާންޗްގެ ދެކުނު ފަރާތު މަގު މައްޗަށް މީހަކު ވެއްޓިފައި އޮއްވާ ފެނިގެން މިއަދު ހެނދުނު 8:10 ހާއިރު ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ވެއްޓިފައި އޮތް މީހާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައި ވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލަ މިހާރު ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު