ENGLISH
18 ޖެނުއަރީ 2026
ދޯންޏެއް ބަންޑުން ޖަހާލުން؛ ދިވެހި މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ
18 ޖެނުއަރީ 2026
|
ދޯނި ބަންޑުން ޖަހާލާފައި
މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ދެ މީހުންގެ ތެރެއިން އެކަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ ހަތަރު މީހުންނާއެކު ދަތުރުކުރަމުންދިޔަ “ބަލަމާ 6” ނަމަކަަށް ކިޔާ މުދާ އުފުލާ ދޯންޏެއް ކ. ވާދޫ ކައިރިއަށް ބަނޑުން ޖަހާލާފައިވާ ކަމަށެވެ. އެކަމުގެ ރިޕޯޓް ލިބުނީ ހެނދުނު 7:27 ހާއިރު ކަމަށް ވެސް ބުންޏެވެ.
ދޯނިން ދަތުރުކުރީ ހަތަރު މީހުންނެވެ. އޭގެ ތެރެއިން ދެ މީހަކު ވަނީ އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފަ އެވެ. އަނެއް ދެ މީހުން ގެއްލިގެން ދިޔައީ ހޯދަމުންނެވެ.
އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުންދިޔަ އެކެއްގެ ހަށިގަނޑު ތާޖް އެގްޒޯޓިކާ ކައިރިން ވަނީ ފެނިފައި ކަމަށެވެ. އަދި ހަށިގަނޑު މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އާ ހަވާލުކޮށްފައި ކަމަށް ވެސް ބުންޏެވެ.
ފެނިފައިވަނީ ގެއްލިގެން ހޯދަމުންދިޔަ ދިވެހި މީހާގެ ހަށިގަނޑެވެ. ގެއްލުނު ބަނގުލަދޭޝް މީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ފުލުހުން ބުނީ ދިވެހި މީހާ ފެނުނުއިރު ނިޔާވެފައިވާ ކަމަށެވެ.