ENGLISH
18 ޖެނުއަރީ 2026
56 ރަށެއްގެ ހޮސްޕިޓަލްތަކާއި، ސިއްހީ މަރުކަޒުތަކަށް ބޭނުންވާ އެންބިއުލަންސް ހަވާލުކޮށްފި
18 ޖެނުއަރީ 2026
|
ހޮސްޕިޓަލްތަކާއި، ސިއްހީ މަރުކަޒުތަކަށް ބޭނުންވާ އެންބިއުލަންސް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން//ފޮޓޯ؛ސިއްހަތާ ބެހޭ ވުޒާރާ
އަތޮޅު ތެރޭގެ 56 ރަށެއްގެ ހޮސްޕިޓަލްތަކާއި، ސިއްހީ މަރުކަޒުތަކަށް ބޭނުންވާ އެންބިއުލަންސް ހަވާލުކޮށްފިއެވެ.
ސިއްހަތާ ބެހޭ ވުޒާރާގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އަތޮޅު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ މަންދޫބުންނާ އެންބިއުލަންސްގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމެވެ.
ވުޒާރާއިން ބުނީ މިއީ އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތްދޭ ހޮސްޕިޓަލްތަކާއި ޞިއްޙީމަރުކަޒުތަކުގައި ހުރި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ، ވީރާނާވެފައިވާ އެމްބިއުލާންސްތަކުގެ ބަދަލުގައި އަލަށް ހޯދާ އެމްބިއުލާންސް ތަކެއް ކަމަށެވެ.
ވުޒާރާއިން ބުނީ މިއީ 65.3 މިލިއަން ރުފިޔާގެ މަޝްރޫއެއްކަމަށާއި, މި މަޝްރޫއުގެ ދަށުން 56 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސްތައް ފޯރުކޮށްދެވިގެން ދާނެ ކަމަށެވެ.
މިވަގުތު އެމްބިއުލަންސްގެ ޚިދުމަތް މެދުކެނޑިފައިވާ ރަށްތައް ފާހަގަކޮށް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 56 އެމްބިއުލަންސް ގެނައުމަށް އެމްޕީއެލްއާ ހަވާލުކުރީ 2025 ވަނަ އަހަރުގެ ތެރޭގައެވެ. ތިން ބުރަކަށް ބަހާލައިގެން އެމްޕީއެލް އިން ވަނީ މިހިނގާ ޖަނަވަރީ މަހުގެ ތެރޭގައި ހުރިހާ އެމްބިއުލަންސް ދިވެރާއްޖެއަށް ގެނެސްފައެވެ.
މި އެމްބިއުލާންސްތަކުގެ އިތުރަށް މިއަހަރުގެ ތެރޭގައި އިތުރު 31 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސްތަކަކާއި، ގްރޭޓަރ މާލޭ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ދިނުމަށް އެތަންތަނަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ގެނެވި އެ ޚިދުމަތްވެސް ފެށިގެންދާނެކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.
ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށް ދެމެހެއްޓެނިވި ގޮތުގައި އެމްބިއުލަންސްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އަދުގެ ސަރުކާރުގެ މުހިއްމު އަމާޒެކެވެ.