ENGLISH
18 ޖެނުއަރީ 2026
މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލާ ދެ މީހަކު ގެއްލިއްޖެ
18 ޖެނުއަރީ 2026
|
ދޯނި ބަންޑުން ޖަހާލާފައި
މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލާ ދެ މީހަކު ގެއްލިއްޖެ އެވެ.
ފުލުހުން ބުނީ ހަތަރު މީހުންނާއެކު ދަތުރުކުރަމުންދިޔަ “ބަލަމާ 6” ނަމަކަަށް ކިޔާ މުދާ އުފުލާ ދޯންޏެއް ކ. ވާދޫ ކައިރިއަށް ބަނޑުން ޖަހާލާފައިވާ ކަމަށެވެ. އެކަމުގެ ރިޕޯޓް ލިބުނީ ހެނދުނު 7:27 ހާއިރު ކަމަށް ވެސް ބުންޏެވެ.
ދޯނިން ދަތުރުކުރީ ހަތަރު މީހުންނެވެ. އޭގެ ތެރެއިން ދެ މީހަކު ވަނީ އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފަ އެވެ. އަނެއް ދެ މީހުން ވަނީ ގެއްލިފަ އެވެ. އެއީ ދިވެއްސަކާ ބިދޭސީ އެކެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހޯދުމަށް ދޯނި ބަންޑުން ޖަހާލި ސަރަހައްދު ބަލަމުންދާ ކަމަށެވެ.