ENGLISH
17 ޖެނުއަރީ 2026
ސިފައިންގެ އަސްކަރީ ތަމްރީންތަކެއް މާދަމާ ފަށަނީ
17 ޖެނުއަރީ 2026
|
ފޮޓޯ: ދަ ޕްރެސް
މާލޭ ކާރި ކަނޑު ސަރަހައްދުގައި މާދަމާ އެމްއެންޑީއެފް ސިފައިންގެ އަސްކަރީ ތަމްރީނެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް ދިފާއީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އުތުރު ތިލަފަޅުގެ ހުޅަނގު ފަރާތުން ދެ ނޯޓިކަލް މޭލު ބޭރުގައި މާދަމާ ހެނދުނު 6:00 އިން ހަވީރު 5:30 އަށް ކަނޑުމަތީގެ ތަމްރީނުތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުން ކުރާ ހަތިޔާރުގެ ވަޒަން 5000 މީޓަރުގެ ދުރުމިނަށާއި 500 މީޓަރުގެ އުސްމިނަކަށް ދަތުރުކުރާނޭ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
އެމްއެންޑީއެފް ސިފައިންގެ މިފަދަ އަސްކަރީ ތަމްރީނެއް ކުރިއަށްދާގެންދަން ހަމަޖެހިފައި އޮންނަ ނަމަ ދިފާއީ ވުޒާރާއިން އެ މައުލޫމާތު ހާމަކުރެއެވެ.