ENGLISH

16 ޖެނުއަރީ 2026

Advertisement

"ރޯދަ ބާޒާރު ފެސްޓިވަލް" ގައި ސްޓޯލް ދޫކުރަން ފުރުސަތު ހުޅާވާލަނީ

16 ޖެނުއަރީ 2026

|

އާމިނަތު ނުޒްލާ

އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގެ ތެރެއިން-- ފޮޓޯ: ބީސީސީ

ރަމަޟާން މަހަށް ޚާއްސަކޮށް، އެޗްޑީސީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ރޯދަ ބާޒާރު ފެސްޓިވަލް" އިން ސްޓޯލް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އާދިއްތަ ދުވަހު ހުޅުވާލާނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.

އެޗްޑީސީން ބުނީ، މި އަހަރުގެ ރަމަޟާން މަހާ ގުޅިގެން "ރޯދަ ބާޒާރު ފެސްޓިވަލް" ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކް ސަރަޙައްދުގައި ކަމަށެވެ. އަދި މި ފެސްޓިވަލުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް، ސްޓޯލް ކުއްޔަށް ހިފުމަށް އެދި ހުށަހެޅުމުގެ ފުރުސަތު، އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ހުޅުވާލާނެ ކަމަށެވެ.

ސްޓޯލްތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން، ފޯމް ހުށަހަޅަންޖެހެނީ އެޗްޑީސީގެ ވެބްސައިޓުގައި ޝާއިޢު ކުރާ ލިންކު މެދުވެރި ކޮށެވެ. ސްޓޯލް ދޫކުރަނީ ފޯމު ހުށަހަޅައި ފަރާތްތަކުގެ ތެރެއިން، ޝަރުތުފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ފޯމް ހުށަހަޅާ ފަރާތްތަކަށް އިސްކަންދީގެން ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

"ރޯދަ ބާޒާރު ފެސްޓިވަލު" ގައި ތަފާތު ދާއިރާތަކުން ޖުމްލަ 80 ސްޓޯލެއް ދޫކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މިއިން ކޮންމެ ސްޓޯލެއްގެ ބޮޑު މިނަކީ 10 ފޫޓު 10 ފޫޓެވެ.

ސްޓޯލްތަކުގެ ތަފްސީލް؛

  • މޭވާ، ތަރުކާރީ، ހިކި ކާނާ އަދި ކެއްކުމަށް ބޭނުން ކުރާ ތަކެތި: 20 ސްޓޯލް
  • ބަދިގޭގެ ސާމާނާއި ކައްކާ ސާމާނު: 24 ސްޓޯލް
  • ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންކުރާ ސާމާނު: 10 ސްޓޯލް
  • ފުޑް އެންޑް ބެވަރޭޖް: 10 ސްޓޯލް
  • ކްލޯތްސް އެންޑް ވެއަރަބަލްސް: 10 ސްޓޯލް
  • ހޯމް ކެއަރ އެންޑް ހާރޑްވެއަރ: 8 ސްޓޯލް
  • ފާރނީޗަރ އެންޑް އިލެކްޓްރިކަލް އެޕްލަޔަންސެސް: 6 ސްޓޯލް

އެޗްޑީސީން ބުނީ މި ސްޓޯލްތަކުގެ ކުލީގެ އަގު ކަނޑައަޅާފައިވަނީ 5000 ރުފިޔާއާ 8500 ރުފިޔާއާ ދެމެދުގައި ކަމަށެވެ.

ސްޓޯލް ކުއްޔަށް ހިފާ ފަރާތުން، އާންމުންނަށް އުނދަގޫވާނެ ނުވަތަ ގޯނާއަކަށް ވެދާނެ އެއްވެސް ކަމައް ކުރުމަކީ މަނާކަމެއް ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. އަދި އެފަދަ ކަމެއް ދިމާވެއްޖެނަމަ އެކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ ކުއްޔަށް ހިފާ ފަރާތުން ކަމަށް ބުންޏެވެ. މީގެ އިތުރުން ކުއްޔަށް ހިފާ ފަރާތުން، އެތަން އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ މަނާކަމައް ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

މިދިޔަ އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ވެސް އެޗްޑީސީން ވަނީ ޚާއްސަ ބާޒާރެއް ކުރިއަށް ގެންގޮސްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު