ENGLISH

18 ޖެނުއަރީ 2026

Advertisement

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،000 އަށް ވުރެ ގިނަ މީހުން

15 ޖެނުއަރީ 2026

|

ސުވެއިދާ ހުސެއިން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިދިޔަ މަހުގެ ނިޔަލަށް 15،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފިއެވެ.

އެންސްޕާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް ދަފްތަރުގައި 15,059 މީހުން ރަޖިސްޓްރީވެފައިވެއެވެ. އޭގެތެރޭގައި ގިނައީ ފިރިހެނުންނެވެ. ދަފްތަރުގައި 8,736 ފިރިހެނުން ރަޖިސްޓްރީވެފައިވާއިރު އަންހެނުންގެ އަދަދަކީ 6,323 އެވެ. 

ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފިރިހެނުންގެ ތެރޭން:

18 އަހަރުން މަތީގެ މީހުން: 3,560

ދޮށީ އުމުރުގެ މީހުން: 1,247

18 އަހަރާއި 64 އަހަރާ ދެމެދު: 3,929

ދަފްތަރުގައި ރަޖިސްޓްރީވެފައިވާ އަންހެނުންގެ ތެރޭން:

18 އަހަރުން މަތީގެ މީހުން: 3,724

ދޮށީ އުމުރުގެ މީހުން: 1,060

18 އަހަރާއި 64 އަހަރާ ދެމެދު: 1,539

އިޖުތިމާއީ ރައްކާތެރިކަން ގާއިމްކުރުމަށް، އެންސްޕާ އުފައްދާފައި ވަނީ 2010 ވަނަ އަހަރު އެވެ.  

ކިޔުންތެރިންގެ ހިޔާލު