ENGLISH

08 ޖެނުއަރީ 2026

Advertisement

މިއަހަރުގެ ފުރަތަމަ ފަސް ދުވަހު އައި ފަތުރުވެރިން 10.5 އިންސައްތަ އިތުރުވެއްޖެ

06 ޖެނުއަރީ 2026

|

މުޙައްމަދު އަދުހަމް

ފަތުރުވެރިންތަކެއް ވީއައިއޭއަށް ފައިބަނީ. --ފޮޓޯ: ވީއައިއޭ

މި އަހަރުގެ ފުރަތަމަ ފަސް ދުވަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 10.5 އިންސައްތަ އިތުރުވެ، 35 ހާހަށްވުރެ މައްޗަށް އަރާފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 5 ވަނަ ދުވަހުގެ ނިޔަލަށް 35،732 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި އައި 32،349 ފަތުރުވެރިންނާ އަޅާބަލާއިރު 10.5 އިންސައްތައިގެ އިތުރުވުމެކެވެ. އޭގެކުރީން، 2024 ވަނަ އަހަރުގެ ފުރަތަމަ ފަސް ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 27،544 އެވެ.

ޖަނަވަރީ މަހުގެ ފުރަތަމަ ފަސް ދުވަހު އެވްރެޖުކޮށް ދުވާލަކު 7،146 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 68.5 އިންސައްތަ ނުވަތަ 24،491 ފަތުރުވެރިން ޒިޔާރަތްކުރީ ރިސޯޓްތަކަށެވެ. ގެސްޓްހައުސްތަކަށް އައީ ޖުމްލަ ފަތުރުވެރިންގެ 25.8 އިންސައްތައެވެ. އެއީ، 9،232 ފަތުރުވެރިންނެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން އައި ހޮޓާތަކަށް 1،124 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާއިންނެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައީ އިޓަލީންނެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރީ އިނގިރޭސިވިލާތުންނެވެ.

ކިޔުންތެރިންގެ ހިޔާލު