ENGLISH

22 ފެބްރުއަރީ 2026

Advertisement

އަހަރުގެ މިހާތަނަށް މަސްވެރިންނަށް 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

03 ޖެނުއަރީ 2026

|

އައިޝަތު ޝާލީން

މިފްކޯއަށް މަސްކިރުވުން--

މިއަހަރުގެ މިހާތަނަށް މަސްވެރިން ކިރުވި މަހަށް 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފިއެވެ.

މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހު 25 ދޯންޏަކުން މިފްކޯއަށް މަސް ކިރުވާފައިވެއެވެ.  މި ދޯނިތަކުން ކިރުވި މަހަށް 1،508،161.16 (އެއް މިލިއަން ފަސްލައްކަ އަށްހާސް އެއްސަތޭކަ ފަސްދޮޅަސް އެއްރުފިޔާ ސޯޅަ ލާރި) ދީފައިވާކަމަށް މިފްކޯއިން ބުނެފައިވެއެވެ. 

މިފްކޯއިން ދަނީ އެ ކުންފުންޏަށް ކިރާ މަހުގެ ތަފާސްހިސާބުތައް އާންމުކުރަމުންނެވެ. މިގޮތުން 2025 ވަނަ އަހަރު ނިމުނުއިރު 78،689،649.20ރ. (ހަތްދިހަ އަށްމިލިއަން ހަލައްކަ އަށްޑިހަ ނުވަހާސް ހަސަތޭކަ ސާޅީސް ނުވަ ރުފިޔާ، ވިހި ލާރި) ވަނީ މަސް ދޯނިފަހަރަށް ދޫކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް އޮތް 250 މިލިއަނެއްހާ ރުފިޔާ އޮތެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ދޫކޮށް ނިންމަވައި، 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ރައީސް ހަމަޖެއްސެވިއެވެ.

މި ބަދަލާއެކު ރާއްޖޭގެ މަސްވެރިކަމަށް ވަނީ ބޮޑު ކުރިއެރުމެއް އައިސްފައެވެ. 

ކިޔުންތެރިންގެ ހިޔާލު