ENGLISH
26 ނޮވެމްބަރު 2024
އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރ ރޯހިތު ބާލް މަރުވެއްޖެ
02 ނޮވެމްބަރު 2024
|
ފެޝަން ޑިޒައިނަރ ރޯހިތް ބާލް
އެންމެ މަޤްބޫލު
އިންޑިއާގެ އެންމެ މަޝްހޫރު އެއް ފެޝަން ޑިޒައިނަރުކަމަށްވާ ރޯހިތު ބާލް މަރުވެއްޖެއެވެ.
އިންޑިއާގެ ފެޝަން ޑިޒައިން ކައުންސިލްއިން ރޯހިތް ބާލް ގެ ވަކިވުމާ ގުޅިގެން ނެރެފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާއަކީ އިންޑިއަން ފެޝަންގެ ބާނީކަމަށެވެ.
1990 ވަނަ އަހަރުން ފެށިގެއް ފެޝަން ޑިޒައިނިންގައި އުޅުނު ރޯހިތު ބާލް ވަނީ ހޮލީވުޑްގައި ވެސް ތަފާތު އެކިއެކި ހެދުންތައް ޑިޒައިންކޮށްފައެވެ. 1996 ވަނަ އަހަރު ޓައިމް މެގަޒިންސް އިން ވަނީ ރޯހިތަކީ އިންޑިއާގެ "މާސްޓާ އޮފް ފެބްރިކް އެންޑް ފެންޓަަސީ" ކަމަށް ބުނެފައެވެ.
އުމުރުން 63 އަހަރުގެ ބާލް މަރުވީ ދިއްލީގައި ހުންނަ އާޝްލޮކް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް އިއްޔެގެ ހަވީރުގެ ވަގުތެއްގަ އެވެ. ބާލް މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިތާ ދެ ގަޑިއިރުވީ ފަހުންނެވެ.
އޭނާގެ ޖަނާޒާ މިއަދު ބާއްވަން ވަނީ ނިންމައިފަ އެވެ.