ENGLISH

16 ޑިސެމްބަރު 2025

Advertisement

"އިބަމަ" އާ ގުޅޭ މައުލޫމާތު ދެ ރަށެއްގެ އިދާރާތަކުގެ އިސްރަށްވެހިންނާ ހިއްސާކޮށްފި

15 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

"އިބަމަ" އާ ގުޅޭ ގޮތުން މައުލޫމާތު ދިނުން--އިޖުތިމާއީ ވުޒާރާ

އިޖުތިމާޢީ ބަދަހި މަދަދުވެރިނެ (އިބަމަ) އާ ގުޅޭ މައުލޫމާތު އއ.ފެރިދޫ އަދި އެއަތޮޅުގެ މާޅޮހުގެ، ސަރުކާރުގެ އެކި އިދާރާތަކާއި އަމިއްލަ ޖަމިއްޔާތަކުގެ އިސްވެރިންނަށް މަޢުލޫމާތު ހިއްސާކޮށްފައިވާކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފި އެވެ.

ވުޒާރާގެ ފަރާތުން ބޭއްވި ބައްދަލުވުންތަކުގައި، އެ ވުޒާރާއިން ކުރިއަށްގެންދާ މުހިންމު އެހެން ބައެއް މަސައްކަތްތަކާއި އިދާރާތަކާއި ގުޅިގެން ކުރިއަށް ގެންދެވޭނެ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާކުރެވިފައިވާ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފަ އެވެެ. 

އިބައާ ގުޅޭ މައުލޫމާތު ހިއްސާކުރުން--ފޮޓޯ:އިޖުތިމާއީ ވުޒާރާ

ފެރިދޫ ކައުންސިލް އިދާރާގެ އިތުރުން މާޅޮހު ކައުންސިލްގެ އިދާރާގައި ބޭއްވި ބައްދަލުވުންތަކުގައި އިބަމަ އަކީ ކޮބައިކަމާއި، އިބަމައިން ކުރަމުން ގެންދާ މަސައްކަތްތަކާއި، ރާއްޖޭގެ ރަށްރަށުގައި އިބަމަ ގާއިމްކުރުމަށްޓަކައި ޔުނިސެފްއާއި ހިއްސާދާރު އެހެން މުއައްސަސާތައް ގުޅިގެން ވުޒާރާއިން މިހާތަނަށްކޮށްފައިވާ މަސައްކަތްތަކާއި، ކުރިއަށް ރާވާފައި ހުރި ކަންކަމާއި، އިބަމައިގެ ސަބަބުން މިހާތަނަށް ހާސިލްކުރެވިފައިވާ ކާމިޔާބު ބައެއް ނަތީޖާތަކާ ގުޅޭގޮތުން  މަޢުލޫމާތު ހިއްސާކޮށްފައިވާ ކަމަށް އެ ވުޒާރައިން ބުންޏެވެ.

އިބަމައާ ގުޅޭ މައުލޫމާތު ހިއްސާކުރުން--ފޮޓޯ:އިޖުތިމާއީ ވުޒާރާ

އިބަމައަކީ ރަށްރަށުގައި އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާގުޅުންހުރި މުއައްސަސާތަކާއެކު ވިލަރެސް ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ކުރުމަށްޓަކައި އުފައްދާ ގްރޫޕްތަކެކެވެ.

ވުޒާރާއިން އިތުރަށް ބުނީ، މި ބައްދަލުވުންތަކުގައި ވަނީ "ކޮންމެ ކުއްޖަކަށް އާއިލާއެއް" އަދި "އުފާވެރި ރާސްތާ"ގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދެވޭ ޕްރޮގްރާމްތަކާއި ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު