ENGLISH

12 ޑިސެމްބަރު 2025

Advertisement

އެންމެ ގިނަ ޓޫރިސްޓުން އައި އަހަރަކަށް މި އަހަރު، ބާކީ 20 ދުވަސް އޮއްވާ ރެކޯޑް މުގުރާލަައިފި

12 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ރާއްޖެ އައި ފަތުރުވެރިއަކަށް ވީއައިއޭ އާ ޓާމިނަލުން މަރުހަބާ ކިޔަނީ

އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރި އަހަރަށް މި އަހަރުވެ މިދިޔަ އަހަރު ޤާއިމުކުރި ރެކޯޑް މުގުރާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބު ދައްކާގޮތުން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް 2،080،134 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ. ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައި ވަނީ މިދިޔަ އަހަރު އެވެ.

މިދިޔަ އަހަރު ވަނީ 2،046،615 އައިސްފަ އެވެ. މިއީ ޓޫރިޒަމްގެ ރެކޯޑެކެވެ. ނަމަވެސް އަހަރު ނިމެން 20 ދުވަސް އޮއްވާ މިހާރު ވަނީ 2،080،134 ޓޫރިސްޓުން ރާއްޖެ އައިސްފަ އެވެ. މިއީ ކުރީ އަހަރާއި އަޅާ ބަލާއިރު 34 ހާހަށް ވުރެ އިތުރު އަދަދެކެވެ. އަދި ބާކީ ވިއްސަކަށް ދުވަސް އޮތުން މި އަދަދު ބޮޑުތަނުން އިތުރުވާނެ އެވެ.

ސަރުކާރުގެ މިހާރުގެ އަމާޒަކީ ޓޫރިސްޓުން ޒިޔާރަތް ކުރާ މިންވަރު 2.2 މިލިއަނަށް އިތުރުކުރުމެވެ. އެހެން ކަމުން މިއީ ހާސިލުކުރެވޭނެ އަދަދެއް ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވާ ރާއްޖެ އަންނަ ފަތުރުވެރީންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެކަމަށް މަގު ފަހިކުރުމުގެ ގޮތުން ވީއައިއޭ އާ ޓާމިނަލްގެ މަސައްކަތް ހަލުވި ކުރައްވާ މި ސަރުކާރުން ވަނީ އާ ޓާމިނަލް ހުޅުވާ ޚިދުމަތް ދޭން ފަށާފަ އެވެ. އަދި މުޅި ރާއްޖެއަށް ޓޫރިޒަމް ފުޅާކޮށް ޓޫރިޒަމް ނެތް ސަަރަޙައްދުތަކަށް ޓޫރިޒަމް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

މި އަހަރުވެސް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައީ ޗައިނ އިންނެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިޔާއިންނެވެ. ދެން އިނގިރޭސިވިލާތުންނެވެ.

ކިޔުންތެރިންގެ ހިޔާލު