ENGLISH
16 އޭޕްރީލު 2026
ގިނަ ގައުމުތަކެއްގެ ބައިވެރިވުމާއެކު މިއަހަރުގެ "ބިލްޑް އެކްސްޕޯ" ފަށައިފި
16 އޭޕްރީލު 2026
|
ބިލްޑް އެކްސްޕޯ 2026 ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެންމެ މަޤްބޫލު
އޭޝިއާގެ ގިނަ ގައުމުތަކެއްގެ ބައިވެރިވުމާއެކު، މިއަހަރުގެ "ބިލްޑް އެކްސްޕޯ" ފަށައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ މި އެކްސްޕޯ ޝަރަފްވެރިކޮށްދެއްވައި ހުޅުވައިދެއްވީ އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއިވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު ސައީދުއެވެ.
"ބިލްޑް އެކްސްޕޯ 2026" ކުރިއަށް ދަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
މި އެކްސްޕޯ ކުރިއަށްދާނީ މިއަދުން (އޭޕްރީލް 16 ) އިން ފެށިގެން އޭޕްރިލް 19 ވަނަ ދުވަހާ ހަމައަށެވެ.
މަސީއިން ބުނި ގޮތުގައި މިފަހަރުގެ އެކްސްޕޯ ތަފާތު ވަނީ ރާއްޖޭގެ އިތުރުން އޭޝިއާގެ އިތުރު ގައުމުތަކަކުން ވެސް މި އެކްސްޕޯގައި ބައިވެރިވާތީއެވެ. އޭގެތެރޭގައި ލަންކާ، ތައިލޭންޑް، އިންޑިއާ އަދި ޗައިނާ ފަދަ ބޮޑެތި ގައުމުތައް ވެސް ހިމެނެއެވެ.
ކޮންމެ ދުވަހަކުވެސް ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 10:00 އަށް މި އެކްސްޕޯ ކުރިއަށްދާނެއެވެ.