ENGLISH

16 އޭޕްރީލު 2026

Advertisement

ކުޅުދުއްފުށީގައި ދިގު ރުކަކު ވެއްޓި މީހަކަށް ވަރަށް އަނިޔާވެއްޖެ، ހާލު ވަރަށް ދެރަ

16 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ހދ. ކުޅުދުއްފުށި ސިޓީ --

ހދ. ކުޅުދުއްފުށިސިޓީ ގައި ދިގު ރުކަކު ވެއްޓި މީހަކަށް ވަރަށް އަނިޔާވެއްޖެ އެވެ.

ކުޅުދުއްފުށީން ވާހަކަ ދެއްކި މީހަކު ބުނީ އެ ރަށުގައި ރުއްތަކެއް ސާފުކުރަން އުޅުނު މީހަކު ރުކަކުން ވެއްޓިފައިވާ ކަމަށެވެ. ދިގު އެ ރުކުން ވެއްޓި އެ މީހާއަށް ވަރަށް އަނިޔާވި ކަމަށް ވެސް ބުންޏެވެ.

އެ މީހާއަށް ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ވަރަށް ދެރަވެ މިހާރު އޮތީ ވެންޓިލޭޓަރަށްލައިފަ އެވެ.

އަނިޔާވީ ހދ. ނޭކުރެންދޫއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނަކަކަށް ކަމަށް ވެ އެވެ.

ކިޔުންތެރިންގެ ހިޔާލު