ENGLISH
10 ޑިސެމްބަރު 2025
މުލަކު ފުލުހުންގެ މަރުކަޒުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
10 ޑިސެމްބަރު 2025
|
މުލަކު ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށްދަނީ. --ފޮޓޯ:އާރުޑީސީ
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން، ގާއިމްކުރާ މ. މުލަކު ފުލުހުންގެ މަރުކަޒުގެ ފައުންޑޭޝަނުގައި ކޯޓިންގ އުނގުޅުމާއި ކޮލަމްތައް ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.
މުލަކު ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މުލަކަށް މިއަހަރުގެ ސެޕްޓެމަބަރު މަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ މަޝްރޫޢެކެވެ.
މި ސިޔާސަތުގެ ދަށުން، ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން، ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތަށް ފުލުހުންގެ އަމިއްލަ އިމާރާތް ޤާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.