ENGLISH
10 ޑިސެމްބަރު 2025
ނ. މަގޫދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ތަނބުތަކުގެ މަސައްކަތް ކުރިއަށް
09 ޑިސެމްބަރު 2025
|
ނ.މަގޫދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަނބުތައް ޖެހުމުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ: އެމްޓީސީސީ
ނ. މަގޫދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ތަނބުތަކުގެ މަސައްކަތް ކުރަމުން ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން ބުނީ މިހާރު ކުރިއަށް ދަނީ ތަނބުތަކުގެ ފޯމްވޯކް ސެޓަޕްގެ މަސައްކަތް ކަމަށެވެ.
މަގޫދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް ޖުލައި މަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން މަގޫދޫއަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މަގޫދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވާ ދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އެވެ.
ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސްގެ ވައުދުފުޅެކެވެ.
އެމްޓީސީސީން އަންނަނީ ރާއްޖޭގެ ތަރައްގީގައި ބޮޑު ހިއްސާއެއް އަދާކުރަމުންނެވެ.