ENGLISH

10 ޑިސެމްބަރު 2025

Advertisement

ހައިކޯޓްގެ ފަނޑިޔާރު ނިޔާޒް، ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގެންފި

09 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ހައިކޯޓްގެ ފަނޑިޔާރު ނިޔާޒް

‏ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒް، ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން މިއަދު ވަކިވެވަޑައިގެންފި އެވެ.

އެ ކޯޓުން މިއަދު ވަނީ އެކަން ހާމަކުރައްވާފަ އެވެ. ހައިކޯޓުން ބުނީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒް، ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން މިއަދު ވަކިވެވަޑައިގެންފައިވާ ކަމަށެވެ. އެ ކޯޓުން ވަނީ ފަނޑިޔާރު މުޙައްމަދު ނިޔާޒް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.

ނިޔާޒް ވަނީ 23 އަހަރު ޝަރުޢީ ދާއިރާއަށް ޚިދުމަތް ކުރައްވާފަ އެވެ. އޭނާ ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ނާއިބު ރައީސްކަން ވެސް ކުރައްވާފަ އެވެ.

ފަނޑިޔާރު ކަމުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގަތުމަށް ނިޔާޒު ހުށައެޅުއްވީ މީގެ ކުޑަދުވަސްކޮޅެއްގެ ކުރީންނެވެ. އެ ހުށައެޅުން ޖޭއެސްސީން ބަލައިގަނެ ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގަތުމުގެ ފުރުސަތު ދެއްވީ ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކަަމަށް ޖޭއެސްސީން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު