ENGLISH

10 ޑިސެމްބަރު 2025

Advertisement

ހިންނަވަރު ފުޓްސަލް ދަނޑުގެ ވަށާ ފާރުގައި ސިމިންތި ޖެހުމާއި ވެލްޑިންގ މަސައްކަތް ކުރިއަށް

09 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ހިންނަވަރު ފުޓްސަލް ދަނޑު ތަރަައްގީކުރުމުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ: އާރުޑީސީ

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން، ޅ.ހިންނަވަރު ފުޓްސަލް ދަނޑުގެ ވަށާ ފާރުގައި ސިމެންތި ޖެހުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.

އާރުޑީސީ އިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓްގައި ބުނެފައިވަނީ ފެންސްގެ ވެލްޑިންގ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށެވެ.

ހިންނަވަރު ފުޓްސަލް ދަނޑު ތަރައްޤީ ކުރުމަށް އާރުޑީސީއާ ހަވާލުކޮށްފައިވަނީ މާރިޗު 29، 2025ގަ އެވެ.

މި ސެންޓަރުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރު އޮކްޓޫބަރު މަހު  ހިންނަވަރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި، އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމު އެވެ.

 މި މަޝްރޫއަށް ސަރުކާރުން 1.7 މިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު