ENGLISH
04 ފެބްރުއަރީ 2026
ނ. މަނަދޫ އައު މިސްކިތް ރަސްމީކޮށް ހުޅުވައިފި
08 ޑިސެމްބަރު 2025
|
ނ. މަނަދޫ އައު މިސްކިތް ރަސްމީކޮށް ހުޅުވުން
އެންމެ މަޤްބޫލު
ނ. މަނަދޫގައި އަލަށް ޢިމާރާތްކުރި މިސްކިތް ހުޅުވައިފިއެވެ.
މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މިސްކިތް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޢަބްދުﷲ ސަޢުދާންއެވެ. މި މިސްކިތަކީ 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މިއީ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް ކުރިއަށް ގެންދިޔަ މި މަސައްކަތެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޢިމާރާތްކުރަން ފަށާފައިވާ މިސްކިތްތަކުގެ މަސައްކަތުގެ ދުވެލި އަވަސްކޮށް ވީހާވެސް އަވަހަށް އެ މަސައްކަތްތައް ނިންމުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން 15 މިސްކިތެއް ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެ އެވެ.