ENGLISH
04 ފެބްރުއަރީ 2026
ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓްތަކެއް ގެއްލުނު މައްސަލާގައި ފުލުހަކު ހައްޔަރުކޮށްފި
08 ޑިސެމްބަރު 2025
|
ވިލިމާލެ --
އެންމެ މަޤްބޫލު
ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓަންތަކެއް މަދުވެފައިވާ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ އދ. ދިގުރަށް/ ޝަބުނަމީގެ، މުނައްވަރު އާދަަމް (39އ) އެވެ. ފުލުހުން ބުނި ގޮތުގައި މުނައްވަރު އާދަމް އަކީ ފުލުހުންގެ ސީނިއަރ ސާޖަންޓް ރޭންކުގައި ހުރި މުވައްޒަފެކެވެ. އަދި މި މައްސަލައާ ގުޅިގެން އޭނާ ވަނީ ސަސްޕެންޑް ކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދަނީ ފުލުހުންނާއި ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނީ މި އަހަރުގެ މޭއި މަހު، ބިދޭސީއެއްގެ އަތުން ހިފެހެއްޓި ހަ ކާޓަންގެ ސިނގިރޭޓާއި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ދެ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 25 ކާޓަންގެ ސިނގިރޭޓެވެ.
ފުލުހުން ބުނީ 31 ކާޓަން ސިނގިރޭޓު ގެއްލިފައިވާ ކަމަށެވެ.