ENGLISH

08 ޑިސެމްބަރު 2025

Advertisement

ސެލޫނަކަށް ވަދެ މާރާމާރީ ހިންގާ ގެއްލުންދިން މައްސަލާގައި ފުލުހަކު ހައްޔަރުކޮށްފި

07 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ތުހުމަތު އޮތް ފުލުސް މީހާ --

މާލޭގައި ހުންނަ ސެލޫނަކަށް ވަދެ އެތަނުގައި ހަމަނުޖެހުން ހިންގާ ތަކެއްޗަށް ގެއްލުންދީ އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ އެ މައްސަލަ އަކީ މި މަހުގެ ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ މައްސަލައެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ސ. ހިތަދޫ / އަސަރީވިލާ، ޢަލީ މަނިކު (43އ) އެެވެ. އޭނާ ވަނީ ސީނަށް ދިޔަ ފުލުހަކާ ކުރިމަތިލައި މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައި ކަމަށްވެސް ބުންޏެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ފުލުހެއްކަން ފާހަގަކޮށް ފުލުހުންގެ އިދާރާއިން ބުނީ މި މުވައްޒަފުގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާއީ މައްސަލާގައި ހައްޔަރުކުރުމާ ގުޅިގެން މިމަހުގެ ހަ ވަނަ ދުވަހުން ފެށިގެން މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާއީ މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށާ އަދި އެ މައްސަލައާ ގުޅިގެން އިދާރީގޮތުން އޭނާއާމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ޕްރޮފެޝަނަލަ ސްޓޭންޑަޑްސް ކޮމާންޑުން ދަނީ ކުރަމުން ކަމަށްވެސް ބުންޏެވެ.

މިމައްސަލާ ގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު