ENGLISH
04 ފެބްރުއަރީ 2026
ޖެނުއަރީ މަހުން ފެށިގެން ޕާޓީތަކުން ވަގުތުން ވަކިވެވޭނެ
07 ޑިސެމްބަރު 2025
|
އެންމެ މަޤްބޫލު
ދެހާސް ސައްބީސް ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސިޔާސީ ޕާޓިތަކުގެ އާންމު މެމްބަރުންނަށް އެ ޕާޓީތަކުން ވަކިވެވޭ ގޮތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހަދައިފިއެވެ.
ރާއްޖޭގެ މީޑިއާއަކަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އެ ކޮމިޝަންގެ ނައިބު ރައީސް އަބްދުއްރަހްމާން ސޮލާހު ރަޝީދު ވިދާޅުވީ ޕާޓީއެއްގެ އާންމު މެމްބަރަކު އެ ޕާޓީއަކުން ވަކިވާން ބޭނުންވެއްޖެ ނަމަ، އީސީގެ ޕޯޓަލް މެދުވެރިކޮށް އެކަމަށް ހުށަހެޅުމުން ވަގުތުން ޕާޓީން ވަކިކޮށްދޭން މިހާރު ނިންމާފައިވާ ކަމަށެވެ.
އެހެން ނަމަވެސް ސިޔާސީ ޕާޓީތަކުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީތަކުން ވަކިކޮށްދޭން އެދިއްޖެނަމަ، ވަކި މުއްދަތެއް ނަގާނެ ކަމަށް ކޮމިޝަންގެ ނައިބު ވިދާޅުވިއެވެ. އީސީ ޕޯޓަލް މެދުވެރިކޮށް އެދެމުން، މިހާރު ޕާޓީތަކުން ވަކިކޮށްދެނީ އެކަމަށް އެދޭތާ 14 ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ.
"ކޮމިޝަނަކުން އަދި ނުނިންމާ އެ މުއްދަތެއް. އެކަމަކު، އެ ބޭފުޅުން ވަގުތުން ޕާޓީން ވަކި ނުވާނެ ގާނޫނީ ގޮތުން ސާފުކުރަން ޖެހޭ ކަންކަން ހުންނާނެތީ
" - ސޮލާހު
މި ބަދަލު ގެނައުމުގެ މަގުސަދަކީ ޕާޓީއަކުން ވަކިވެ، އެހެން ޕާޓީއެއްގެ މަގާމަކަށް ކުރިމަތިލާން ނުވަތަ އެތެރޭގެ އިންތިހާބެއްގައި ވާދަކުރަން ބޭނުންވި ނަމަވެސް، 14 ދުވަހުގެ މުއްދަތު އޮތުމުން އެކަމަށް ހުރަސްއެޅޭ ކަމުގެ ޝަކުވާ ލިބޭތީކަމާއި ބައެއް ޕާޓީތަކުން މެމްބަރުން ވަކިވިޔަ ނުދީ ހިފަހައްޓާކަމުގެ ޝަކުވާ ވެސް ބޮޑުވުން ކަމަށް ސޮލާހު ވިދާޅުވިއެވެ.
"ވަކިވާން އެދުނީމަ އެތައް ދުވަހެއް ވަންދެން އެކަން ސާބިތުނުވެގެން މަޑުކުރަން ޖެހޭ ހާލަތު އެބައާދޭ މިހާރު އެގޮތަށް އޮތީމަ. ހިފެހެއްޓުމުގެ ބާރު އޮވޭ. އެ ހިސާބުން އެބަޖެހޭ ދޮގެއް ހަދައިގެން ވިޔަސް، އެވެނި މަގާމަކަށް ވަންނަން ވެގެންނޭ ވަކިވާން އެދެނީ ބުނަން. މި ކަހަލަ ޝަކުވާތައް އަންނާތީ " - ސޮލާހު
ޕާޓީތަކުން ވަކިވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅޭނެ ގޮތްތައް ފަސޭހަ ކޮށްދީފައިވާކަން ފާހަގަކޮށް ޕާޓީއެއްގައި އުޅުމާއި ނޫޅުމަކީ ކޮންމެ ރައްޔިތަކަށްވެސް އޮންނަ މިނިވަންކަމެއް ކަމުގައި ސޮލާހު ވިދާޅުވިއެވެ.