ENGLISH
26 ނޮވެމްބަރު 2025
"ދާރުއްސަލާމް" ވަޤުފް ޢިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު
26 ނޮވެމްބަރު 2025
|
ހުޅުމާލޭގައި ޢިމާރާތް ކުރާ ދާރުއްސަލާމް ވަޤްފް ޢިމާރާތުގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އަޅުއްވައިދެއްވައިފި. ހުޅުމާލޭ ޕްލޮޓް ނަންބަރު 11646 ގައި ހަދާ، މި އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައިވެރިވެވަޑައިގެންނެވި. ވިހިހާސް އަކަފޫޓުގެ ސަރަހައްދެއްގައި، އާރް.ސީ.ސީ އާ ހަވާލުކޮށްގެން ތަރައްޤީކުރާ 12 ފަންގިފިލާގެ މި މަޝްރޫޢަކީ، 244.5 މިލިޔަން ރުފިޔާގެ މަޝްރޫޢެއް. ޢިމާރާތުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ދެއަހަރުދުވަހުގެ ތެރޭގަ.