ENGLISH

20 ނޮވެމްބަރު 2025

Advertisement

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމުގެ ޝަރަފުގައި ބޭއްވެވި މެންދުރުގެ ފަރިއްކޮޅު

18 ނޮވެމްބަރު 2025

|

ހަސަން އާމިރު

ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ފަލަސްޠީނުގެ 17 އަހަރުންދަށުގެ ފުޓްބޯޅަ ޓީމަށް މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފި. ފަލަސްތީން ޓީމު ރާއްޖެއަށް މިކުރާ ދަތުރަކީ، އޭ.އެފް.ސީ ފުޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ ކޮލިފައިންގައި ބައިވެރިވުމުގެ ކުރިން ތަމްރީނު ކޭމްޕެއްގައި ބައިވެރިވުމަށް ކުރާ ދަތުރެއް. މި ދަތުރުގައި މި ޓީމު ވަނީ ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމާއެކު ރަޙުމަތްތެރި ކަމުގެ ދެމެޗު ކުޅެފަ. ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، ރައީސުލްޖުމުހޫރިއްޔާގެ ނައިބު އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަތީފު ވަނީ، މިމެޗުގެ ސުވެނިއަރ ޓިކެޓު ބައްލަވައިގެންފަ. މި މެޗުތަކުން ލިބުނު ހުރިހާ ފައިސާއެއް ހަދިޔާކޮށްފައި ވަނީ ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ފަލަޞްޠީނުގެ ފުޓުބޯޅަ އެސޯސިއޭޝަނަށް. ހޮޓެލްޖެންގެ ބޯލްރޫމުގައި ބޭއްވި މި ފަރިއްކޮޅުގައި ސަރުކާރުގެ އިސްވެރިންނާއި، ދިވެހިރާއްޖޭގެ 17 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމުވެސް ބައިވެރިވި.

ކިޔުންތެރިންގެ ހިޔާލު