ENGLISH

18 ނޮވެމްބަރު 2025

Advertisement

އަމިއްލަ ކުންފުނިތަކާއި މަސައްކަތް ހަވާލުކުރުމުގައި ޤާނޫނާއި ޚިލާފު އެއްވެސް ކަމެއް ނުކުރަން: ރައީސް

17 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

ދިވެހި ކުންފުނިތަކާއި 206 މަޝްރޫޢުގެ މަސައްކަތް ަހަވާލުކުރުން --

އަމިއްލަ ކުންފުނިތަކާއި މަސައްކަތް ހަވާލުކުރުމުގައި ޤާނޫނާއި ޚިލާފު އެއްވެސް ކަމެއް ކުރައްވާފައިނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނުގެ ރިޔާސަތަަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަމިއްލަ ކުންފުނިތަކާއި ގިނަ މަޝްރޫޢުތަކެއް ހިންގުން ހަވާލުކުރުމުން ބަައެއް ފަރާތްތަކަށް "ނިދި" ނައިސްގެން އުޅޭ ކަމަށެވެ.

ރައީސް ވަނީ ރައްޔިތުންނަށް ކަމެއްވާނެތީ ބަޔަކު މިހާ ވަަރަށް ބިރުން އުޅެނީ ކީއްވެގެންތޯ ސުވާލު ކުރައްވާފަ އެވެ. އަދި ވިދާޅުވީ އަމިއްލަ ކުންފުނިތަކާއި މަސައްކަތް ހަވާލުކުރުމުގައި ޤާނޫނާއި ޚިލާފު އެއްވެސް ކުރައްވާފައިނުވާނެ ކަމަށެވެ.

އަދި އެކަމުގެ ޔަޤީންކަން ދެއްވާ ރައީސް ވަނީ އެކަންކަން އޮތްގޮތް މިނިވަން މުއައްސަސާތަކުން ބަލަން އެދިވަޑައިގެންފަ އެވެ. އެ މުއައްސަސާތަކަށް ފުރިހަމައަށް އިހްތިރާމް ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ދެން ބައެއް ފަރާތްތަކަށް ޕްރައިވެޓް ސެކްޓަރާ ހަވާލުކުރި މަޝްރޫއުތަކާ ހެދި ނިދިވެސް ނައިސްގެން އެބަ އުޅޭ. އެކަމަކު އަޅުގަނޑު ކުރާނެ ކަމެއް ނޫން އެ ބޭފުޅުން ނިދިނަައިގެން އުޅުމަކީ. ޤާނޫނާއި ޤަވާއިދާ ޚިލާފަށް މި ސަރުކާރުން ނުކުރާނެ އެއްވެސް ކަމެއް. ބަރާބަރަށް އެކަން ކޮށްފައި އެ އޮތީ," ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ކަމެއް ގޯސްކޮށް އޮތްނަމަ އެކަމެއް ރަނގަޅު ކުރަން ބުނުމަކީ އަދި ފާހަގަކޮށްލުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ސީދާ ކަންކަން ހުއްޓުވަން ދޮގު ވާހަކަތައް ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު