ENGLISH

17 ނޮވެމްބަރު 2025

Advertisement

ޤާސިމްގެ ތަޢުރީފް ރައީސް މުޢިއްޒުއަށް؛ ޤައުމަށް މާނަހުރި ކުރިއެރުން ހޯއްދެވުމަށް ކުރެއްވީ ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކެއް

17 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

ރައީސަށް ޤާސިމް މަރުޙަބާ ދަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

ޤައުމަށް މާނަހުރި ކުރިއެރުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވީ ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތަށް ކާމިޔާބު ދެ އަހަރު ފުރުމުގެ ތަހްނިޔާ އަރިސް ކުރައްވާ ކުރެއްވި ޕޯސްޓެެއްގަ އެވެ. ޤާސިމްގެ މެސެޖުގައި ފާއިތުވި ދެ އަހަރު ދުވަހު ނުހަނު ގިނަ ގޮންޖެހުންތަކާއި އެކުވެސް އެމަނިކުފާނު މި ޤައުމަށް ކޮށްދެއްވި ޚިދުމަތްތަކާއި، ތަރައްޤީގެ ނާރެހުގައި ޤައުމަށް މާނަހުރި ކުރިއެރުން ހޯއްދެވުމަށް ކުރެއްވި ބުރަ މަސައްކަތްޕުޅުތަކަށް ތަޢުރީފު ހައްޤު ކަމުގައި ވިދާޅުވި އެވެ.

އަދި ވިދާޅުވީ އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން އެޅުއްވި މުހިންމު ފިޔަވަޅުތަކުގެ ނަތީއްޖާ اللهގެ ރަޙްމަތާއި އެކު ދަތުރު ކުރަނީ ކާމިޔާބުގެ މަގަށް ކަމަށެވެ.

ޤާސިމްް ވަނީ މި ކުރުމުއްދަތުގައި ހާޞިލް ކުރި ކާމިޔާބީތައް ދައްކުވައިދެނީ އެމަނިކުފާނުގެ ދުރުވިސްނުންފުޅާއި ސަރުކާރުގެ އެޖެންޑާ ބައްޓަންކޮށް މަގުދައްކައިދިނުމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއްގެ ބުރަ މަސައްކަތާއި އިޚްލާސްތެރި އެއްބާރުލުން ކަމުގައި ވިދާޅުވެފަ އެވެ.

"މަނިކުފާނުގެ އިރުޝާދުގެ ދަށުން ރައްޔިތުންނާއި ގާތުން ޚިދުމަތްކުރައްވާ ވަޒީރުންނާއި، ކުންފުނިތަކުގެ ވެރީންނާއި، ބަދަހި ޕާލިމެންޓްރީ ގުރޫޕަށް މި އުފާވެރި މުނާސަބަތުގައި ސާބަސް ދެމެވެ. އަޅުގަނޑުގެ ދުޢާ އަކީ ރައީސް މުޢިއްޒުގެ ވެރިކަމުގައި ބަރަކާތްލައްވައި، ފާގަތި މުސްތަޤްބަލެއް ދެއްވައި، މި ޤައުމަށް އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން الله ތަޢާލާ މިންވަރު ކުރެއްވުމެވެ" ޤާސިމްގެ ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު