ENGLISH

08 ޑިސެމްބަރު 2025

Advertisement

ކޭޖީއެމްގެ ފަހު ދެ ޝޯ: ޓިކެޓް ވިކި ހުސްވަނީ, އަވަސް

17 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

ކޮސްގިނަ މިސްޓޭކްގެ ޕޯސްޓަރު --

ސެޓާން ސްޓޫޑިއޯ އާއި ޝައި ޕްރޮޑަކްޝަންގެ "ކޮސްގިނަ މިސްޓޭކް" ގެ ވަދާޢީ ޝޯތަކުގެ ޓިކެޓް ވިއްކަމުންދާއިރު މިރޭގެ ފަހުން ދެން އޮންނާނީ އިތުރު ދެ ޝޯ އެވެ.

މި މަހުގެ 19 ވަނަ ދުވަހުގެ ރޭގެ ނިޔަލަށް މި ފިލްމުގެ ޝޯތައް ދައްކާނެ އެވެ. ވަދާޢީ ތިން ޝޯ އޮންނާނީ 17، 18 އަދި 19 ވަނަ ދުވަހުގެ ރެ އެވެ.

ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މިއަދު ބުނީ ވަދާޢީ ފަހު ދެ ޝޯގެ ޓިކެޓް ވެސް ވިކެމުންދާ ކަމަށެވެ. އެހެން ކަމުން ފިލްމު ބަލާލަން ބޭނުން މީހުން އަވަހަށް ޓިކެޓް ނެގުމަށް އެދިފައިވެ އެވެ.

ހައުސްފުލް ގިނަ ޝޯތަކެއް ދައްކާފައިވާ މި ފިލްމަށް އާންމުންގެ ބޮޑު ތަރުޙީބެއް ލިބިފައިވެ އެވެ.

ހީލަން އަދި އުފާވެރި ވަގުތުކޮޅަކަށް ފައްކާ ފިލްމެއްް

އެއްގޮަތަށް ވުރެ ގިނަ ގޮތްގޮތުން މިއީ ބަލާލަން ރަނގަޅު ފިލްމެކެވެ. ހެއްވާ މަޖާ ގިނަ ކަންތައްތަކެއް ހިމެނޭތީއާ ޝައުގުވެރި ކަންތައްތަކެއް ދައްކައިދޭތީ އެވެ. އަދި މިއީ އާއިލާއާ އެކުވެރީންނާއެކު ގޮސް ބަލާލެވޭނެ ފިލްމަކަށް ވެސް ވާތީ އެވެ.

ފިލްމްގައި ބޭނުންކޮށްފައިވާ ޑައިލޮގްތަކާއި މުޅި ވާހަކަ ވެސް އާއިލާތަކާއެކު ތިބެ އަޑުއަހާލަން ރަނގަޅެވެ. 

އެންމެން އެކުގައި ތިބެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ފުރުސަތުތައް މަދުއިރު މިއީ އެކަމަށް އެންމެ ސަޅި ފުރުސަތެވެ. ޔަޤީނުން ވެސް ރިގްރެޓް ނުކުރާނެ އެވެ. ފިލްމު ބަލަމުން ގެންދާއިރު ހީލާނެ ކިތަންމެ ފުރުސަތެއް ލިބޭނެ އެވެ. ޖުމްލަކޮށް ބުނާނަމަ އުފާވެރި ވަގުތުކޮޅެއް ލިބޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު