ENGLISH

17 ނޮވެމްބަރު 2025

Advertisement

ދިއްދޫ އިސްލާމީ މަރުކަޒު މި މަހުގެ 28 ގައި ހުޅުވަނީ

17 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

ދިއްދޫގައި ޤާއިމުކޮށްފައިވާ އިސްލާމީ މަރުކަޒު --

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގަައި ޤާއިމުކޮށްފައިވާ އިސްލާމީ މަރުކަޒު މި މަހު 28 ވަނަ ދުވަހު ހުކުރު ނަމާދަށް ހުޅުވަން ނިންމައިފި އެވެ.

މިސްކިތަކާއެކު އިމާރާތްކޮށްފައިވާ މި އިސްލާމީ މަރުކަޒު އެ ދުވަހު ހުޅުވާއިރު އެ މަރުކަޒާއި ގުޅިފައިވާ މިސްކިތް ނިސްބަތް ކުރެވޭނީ، މާލެ އިސްލާމީ މަރުމަޒުގެ މުވައްޒަފެއްގެ ގޮތުގައި ހުއްޓައި ނޮވެންބަރު ތިނެއް ގައި ޝަހީދުވި އެރަށު ޝަހީދު ޢުމަރު އަޙްމަދުގެ ނަމަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މިއީ އެއް ފަހަރާ 1,500 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ ތަނަވަސް މިސްކިތެކެވެ.

އެ މިނިސްޓްރީން ބުނީ އިސްލާމީ މަރުކަޒު ހުޅުވާ ދުވަހު އެ މަރުކަޒުގައި އިސްލާމީ ލައިބްރަރީ އާއި ޤުރުއާން މަރުކަޒުގެ އައުޓްރިޗް ސެންޓަރެއް ވެސް ހުޅުވިގެންދާނެ ކަމަށެވެ.

ދިއްދޫ އިސްލާމީ މަރުކަޒު އިމާރާތްކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން އާއި ހަވާލުކޮށްގެންނެވެ. އެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރީ 2023 ވަަނަ އަހަރުގެ މެއި މަހު އެވެ. އެ މަޝްރޫޢުއަށް ސަރުކާރުން ވަނީ 50.8 މިލިއަން ރުފިޔާ ޚަރަދުކޮށްފަ އެވެ.

ދެ ފަންގިފިލާ ހިމެނޭ މި މަރުކަަޒުގައި ޤާއިމުކޮށްފައިވާ މަލްޓިޕާލަސް ހޯލަކީ 450 މީހުންގެ ޖާގައިގެ ހޯލެކެވެ. 

ކިޔުންތެރިންގެ ހިޔާލު