ENGLISH

17 ނޮވެމްބަރު 2025

Advertisement

ފުނަދޫއަށް ހަފްތާއަކު ހަތަރު ދަތުރުކުރުމަށް މޯލްޑިވިއަން އިން ނިންމައިފި

17 ނޮވެމްބަރު 2025

|

އާމިނަތު ނުޒްލާ

މޯލްޑިވިއަންގެ ފްލައިޓެއް ރަންވޭގަ ޖައްސަނީ. --ފޮޓޯ:ޕީއެސްއެމް

ހަފްތާއަކު ހަތަރު ދަތުރު، ށ. ފުނަދޫއަށް ކުރުމަށް ނިންމާފައިވާ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނެފި އެވެ.

މި ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ، ކޮންމެ ހަފްތާއެއްގެ ވެސް އާދިއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ. 

ފުނަދޫއަށް ޝެޑިއުލް ދަތުރުތައް މިހާރު ކުރަނީ ކޮންމެ ހަފުތާއަކު އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. އެއީ ހަފްތާއަކު ތިން ދަތުރެވެ.

ފުނަދޫއަށް އިތުރުކުރި  މި ދަތުރާ އެކު އެރަށުގައި ދިރިއުޅޭފަރާތްތަކަށާއި،އެރަށު ކައިރީ މަންޒިލްތަކަށް ދަތުރުކުރާފާރަތްތަކުގެ އިތުރުން އެ ސަރަޙައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެސް ދަތުރުފަތުރު ކުރުމުގައި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

ފުނަދޫ އެއާޕޯޓް އެމްޓީސީސީން ތަރައްޤީކޮށްފައި ވަނީ ފަޅުން 40 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. މި އެއާޕޯޓްގައި ދިގުމިނުގައި 1200 މީޓަރު އަދި ފުޅާމިނުގައި 30 މީޓަރު ހުންނަ ރަންވޭއެއް ވަނީ ތަރައްޤީކޮށްފައެވެ. އަދި 90 މީޓަރުގެ ޓެކްސީ ވޭއަކާއި 50 މީޓަރުގެ އޭޕްރަން އެއްވެސް މި އެއާޕޯޓްގައި ވަނީ ހަދާފަ އެވެ.

ފުނަދޫ އެއާޕޯޓްގެ ޚިދުމަތް ފަށާފައި ވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

ކިޔުންތެރިންގެ ހިޔާލު