ENGLISH
18 ނޮވެމްބަރު 2025
ނޭކުރެންދޫ ބަނދަރު ތަރައްޤީކުރުން؛ ބަނދަރުގެ ޕޭވްމަންޓް މަސައްކަތް ނިމިއްޖެ
16 ނޮވެމްބަރު 2025
|
ނޭކުރެންދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން. --ފޮޓޯ:އެމްޓީސީސީ
ހދ. ނޭކުރެންދޫ ބަނދަރު ތަރައްްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ބަނދަރުގެ ޕޭވްމަންޓް ހަދާ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މި މަޝްރޫޢަކީ ނޭކުރެންދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތެކެެވެ.
މި މަޝްރޫޢުގެ ދަށުން 212 މީޓަރުގެ އެއްގަމު ތޮށްޓަކާއި، 166 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ބޮޑުހިލައިގެ ބޭރުތޮށްޓެއްލުމުގެ އިތުރުން ރޭމްޕެއް ހެދުން ހިމެނެއެވެ.
ބަނދަރު މަސައްކަތް ނިމޭއިރު ބަނދަރު ބައްތި ޖެހުމާއި ޕޭމަންޓް ހެދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ގާތްގަނޑަކަށް 1400 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ ނޭކުރަންދޫގައި ރަށުގައި މުދާ އުފުލާ ބޯޓުފަހަރަށާއި، ފެރީއަށް އެންމެ އެކަށީގެންވާ ބަނދަރެއް ނެތުމަކީ އެރަށު މީހުންގެ އެންމެ ބޮޑު އެއް ޝަކުވާއެވެ.
މި މަޝްރޫޢު ނިމޭއިރު ބަނދަރުގެ ޖާގައިގެ މައްސަލައަށް ހައްލެއް ލިބި، އެރަށަށް އަރައިފައިބާ މީހުންނަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ.