ENGLISH

19 ނޮވެމްބަރު 2025

Advertisement

ހިމަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު: ރިވެޓްމެންޓް ޕްރޮފައިލިންގެ މަސައްކަތް ކުރިއަށް

16 ނޮވެމްބަރު 2025

|

އާމިނަތު ނުޒްލާ

ހިމަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ:އެމްޓީސީސީ

އއ. ހިމަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ރިވެޓްމެންޓް ޕްރޮފައިލިންގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

މި މަޝްރޫޢު އަވަހަށް ނިންމުމަށްޓަކައި އެމްޓީސީސީން އަންނަނީ މި މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރަމުންނެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:

  • 43،200 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށަށް ވެލިއެޅުން
  • 110 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 235 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުން
  • 240 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުން
  • 20 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ގްރޮއިން ޖެހުން

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 365 ދުވަސްތެރޭ ނިންމާގޮތަށް 24.54 މިލިއަން ރުފިޔާއަށެވެ.

ރަށް ގިރުމުގެ މައްސަލައަކީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ދިމާވެފައިވާ މައްސަލައެކެވެ. އެހެންކަމުން މި މައްސަލަ ހައްލުކުރުމުގެ ގޮތުން ރަށް ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.

ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި، އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބީއާއެކު ނިންމަމުންކަން ފާހަގަކޮށްލަންޖެހެ އެވެ.

ކިޔުންތެރިންގެ ހިޔާލު