ENGLISH
18 ނޮވެމްބަރު 2025
މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ދުވާފަރުގައި "މަސްކެނޑުމުގެ މުބާރާތެއް"
16 ނޮވެމްބަރު 2025
|
މާލޭ މަސްމާރުކޭޓުގައި މީހަކު މަސްކަނޑަނީ. --ފޮޓޯ:ޕީއެސްއެމް
މި އަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ "މަސްކެނޑުމުގެ މުުބާރާތް" ގައި ބައިވެރިވުމުގެ ފުރުޞަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ޑިސެމްބަރު މަހު 13 ވަނަ ދުވަހު ރ. ދުވާފަރުގައި ބާއްވާ މި މުބާރަތުގައި ދެ ޖިންސްގެ މީހުންނަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ.
މި މުބާރާތުގެ އެންމެ މޮޅު ތިން ފަރާތެއް ހޮވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެއްވަނައަށް 3000ރ. ދެވަނައަށް 2000ރ. އަދި ތިންވަނައަށް ހޮވޭފަރަތާތަކަށް 1000ރ. ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މުބާރަތުގެ މަޤްޞަދަކީ، ދިވެހިންގެ ތެރޭގައި އުވެމުންދާ މަސްކެނޑުމުގެ އާދަތައް ދިރުވާ އާލާކުރުމާއި، މަސް ކެނޑުމަކީ މަސްވެރިކަމުގެ ސިނާޢަތަށް މުހިއްމު މަސައްކަތެއްކަން އަންގައި ދިނުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.