ENGLISH

18 ނޮވެމްބަރު 2025

Advertisement

މިލަންދޫ ބަނދަރު ތަރައްޤީކުރުން؛ 20 މީޓަރު ބުރިޖްގެ ރެއިންފޯސްމަންޓް އަދި ޝަޓަރިން މަސައްކަތް ކުރިއަށްދަނީ

16 ނޮވެމްބަރު 2025

|

އާމިނަތު ނުޒްލާ

މިލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ:އެމްޓީސީސީ

ށ. މިލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ 20 މީޓަރު ބުރިޖްގެ ރެއިންފޯސްމަންޓް އަދި ޝަޓަރިން މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތުގެ 55 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:

  • 17,900 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުން ކުރުން
  • 72,938 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުން
  • 8،400 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުން ކުރުން
  • 583 މީޓަރުގެ ސަރަޙައްދެއްގެ ބޭރުތޮށިލުން
  • 316 މީޓަރުގެ ސަރަޙައްދެގެ އެއްގަމު ތޮށިލުން
  • 93 މީޓަރު ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 25 މީޓަރު ސަރަޙައްދެއްގައި ގްރޮއިން ޖެހުން
  • 2 ބްރިޖް ހެދުން
  • 130 މީޓަރު ދިގު 2 މީޓަރު ފުޅާ ޖެޓީއެއް ހެދުން
  • 3،863 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން

މީގެ އިތުރުން އެކްސަސް ޕްލެޓްފޯމްއެއް ހެދުމާއި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މިއީ ސަރުކާރުން 76.44 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ސަރުކާރުން އަންނަނީ މުޅި ރާއްޖެ ހިމެނޭގޮތަށް، ވަކިވަކި ރަށްރަށުގައި ތަފާތު ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.

މިލަންދޫ ބަނދަރު ތަރައްޤީކޮށް ނިމުމުން އެރަށަށް އަރާފޭބުމުގައި ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި ހަމައެއާއެކު އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ވެސް ގިނަ ފައިދާތަކެއް ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު