ENGLISH
18 ނޮވެމްބަރު 2025
ވީއައިއޭ ޓާމިނަލް އެކަކުން އޮސްޓްރިއަން އެއާލައިންސްއަށް ޚިދުމަތް ދޭން ފަށައިފި
16 ނޮވެމްބަރު 2025
|
ވީއައިއޭ ޓާމިނަލް އެކަކުން އޮސްޓްރިއަން އެއާލައިންސްއަށް ޚިދުމަތްދޭން ފެށި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ:އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާފަސިންޖަރު ޓާމިނަލް، ޓާމިނަލް އެކަކުން އޮސްޓްރިއާގެ ޤައުމީ އެއާލައިން، އޮސްޓްރިއަން އެއާލައިންސް އަށް ޚިދުމަތް ދޭން ފަށައިފި އެވެ.
ޓާމިނަލް އެކަކުން އޮސްޓްރިއަން އެއާލައިންސް އަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިލަން އެކެއްގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އެއާ ނެވިގޭޝަން އެންޑް އޭރޯޑްރޯމްސްގެ ޑިރެކްޓަރު، ފާޠިމަތު ރާމިޒާ އެވެ.
މި ރަސްމިއްޔާތުގައި އޮސްޓްރިއަން އެއާލައިންސްގެ ސްޓޭޝަން މެނޭޖަރު ރޮބާޓް ހާވީ އާއި އޮސްޓްރިއަން އެއާލައިންސްގެ އޮފިޝަލުން އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި އޮސްޓްރިއަން އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށްހުޅުވައި، ޓާމިނަލް އެކަކަށް ކައިރި ކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓް، OS021 އިން ރާއްޖެ އައި 321 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ.
އޮސްޓްރިއަން އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފަށާފައި ވަނީ ނޮވެމްބަރ 2، 1995 ގަ އެވެ.
އޮސްޓްރިއަން އެއާލައިންސްއާ އެކު ޓާމިނަލް އެކަކުން ޚިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 23 އަށް އިތުރުވެފަ އެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށް ވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ޚިދުމަތެއް ފޯރުކޮށްދިނުމެވެ.