ENGLISH
16 ނޮވެމްބަރު 2025
ކައުންސިލަރުންނަށް ހިންގި ޕްރޮފެޝަނަލް ޚަޠީބު ޕްރޮގުރާމް 36 ކައުންސިލަރުން ފުރިހަމަކޮށްފި
16 ނޮވެމްބަރު 2025
|
ކައުންސިލަރުންނަށް ހިންގި ޕްރޮފެޝަނަލް ޚަޠީބު ޕްރޮގުރާމް 36 ކައުންސިލަރުން ވަނީ ފުރިހަމަކޮށްފައި
ކައުންސިލަރުންނަށް އަމާޒުކޮށް، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ ޕްރޮފެޝަނަލް ޚަޠީބު ޕްރޮގުރާމް ފުރިހަމަކުރި ކައުންސިލަރުންނަށް ޚުޠުބާ ކިޔުމުގެ ހުއްދައާއި ކަށުކަމާކެމީގެ ކަންކަން ކުރުމުގެ ހުއްދަ ދީފި އެވެ.
މިކަމަށްޓަކައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކައުންސިލަރުންނަށް ހުއްދަ ހަވާލުކޮށް ދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މި ޕްރޮގުރާމު ފުރިހަމަކޮށް 36 ކައުންސިލަރުން ވަނީ ހުއްދަ ހޯދާފަ އެވެ. މި ޕްރޮގުރާމަކީ ބައެއް ރަށްރަށުގައި ޚުޠުބާ ކިޔާ މީހުން ލިބުމުގައި އޮތް ދަތިކަން ފިލުވުމަށް ކައުސިލަރުންގެ ތެރެއިން ޤާބިލުކަން ހުރި ފަރާތްތަކަށް ޚުތުބާ ކިއުމުގެ ހުއްދަ ދިނުމަށް ފުރަތަމަ ފަހަރަަށް ކުރިއަށް ގެންދިޔަ ޕްރޮގުރާމެކެވެ.
މި ޕްރޮގުރާމަށް ފަހު އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ޕްރޮގުރާމުގެ ބައިވެރިންނަށް މަރުޙަބާ ދަންނަވާފައެވެ. ވަޒީރު ވިދާޅުވީ، އިދާރީ ގޮތުން ރަށުގެ ކަންކަން ހިންގުމާއެކު، އިމާމުވެ ހުކުރު ކުރުން ފަދަ ދީނީ ކަންކަންކަން ވެސް އިސްވެ ކުރުމުގެ ޤާބިލުކަން ހުރި ލީޑަރުން ރަށުގެ ވެރިންނަށް ތިބުމަކީ އިސްލާމީ މުޖުތަމަޢެއްގައި ބޭނުންތެރިކަމެއް ކަމަށެވެ.