ENGLISH

16 ނޮވެމްބަރު 2025

Advertisement

އިސްލާމްދީން ފުންކޮށް ބަލާ ވިސްނުމުން ކަށަވަރުވަނީ މާތްﷲ އެކަލާންގެ ދީނުގައި އަންހެނުންނަށް ދެއްވާފައިވާ މަތިވެރި މަޤާމް: ފަސްޓްލޭޑީ

15 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ --

އިސްލާމްދީނުގެ ކަންކަމާއިމެދު ފުންކޮށް ބަލާ ވިސްނުމުން ކަށަވަރުވަނީ މާތްﷲ އެކަލާންގެ ދީނުގައި އަންހެނުންނަށް ދެއްވާފައިވާ މަތިވެރި މަޤާމުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިމޭރުމުން ވާހަކަފުޅު ދެއްކެވީ ރެހެނދި އެވޯޑް ދިނުމަށް މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށް ދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. އިސްލާމްދީނާއި އަންހެނުންނާއި ގުޅުވާ މި ދީނުގެ އަދާވާތްތެރީން ދައްކާ އަސާސެއް ނެތް ވާހަކަތަކަށް އެކަމަނާގެ ވާހަކަފުޅުގައި ވަނީ ވަރަށް ޢިލްމީ ގޮތެއްގައި ޖަވާބު ދެއްވާފަ އެވެ.

އެކަމަނާގެ ވާހަކަފުޅުގައި އިސްލާމްދީނުގަައި އަންހެނުންނާއި މެދު ކޮންމެ ކަމެއްގައިވެސް އޮތީ އަދުލްވެރިކަން ކަމުގައި ފާހަގަ ކުރެއްވި އެވެ. އެގޮތުން މުދާ މިލްކުކުރުމާއި ވިޔަފާރިކުރުން ފަދަ މުޢާމަލާތްތަކުގައި ވެސް އަންހެނަކަށްވީތީ އުނިވާ ކަމެއް ނެތް ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެން މުސްލިމުން އިސްލާމްދީން ފުންކޮށް ބަލާ ވިސްނުމުން ކަށަވަރުވަނީ އަންހެނުންނަށް މާތްﷲ އެކަލާންގެ ދީނުގައި ދެއްވާފައިވާ މަތިވެރި މަޤާމު. އަދުލްއިންސާފް, އިއްޒަތާއި ޤަދަރު," ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވި އެވެ.

މީގެ އިތުރުން އެކަމަނާ ވަނީ އަންހެނުން ބާރުވެރިކުރުވުމުގެ ނަމުގައި ހުޅަނގުގެ ޤައުމުތަކާއި އިސްލާމްދީނުގެ ޢަދުއްވުން ދައްކާ ދެކޮޅު ނުޖެހޭ ވާހަކަތަކާއި ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފަ އެވެ. ވިދާޅުވީ އަންހެނުން ބާރުވެރި ކުރުމުގެ މައުޟޫގައި މުސްލިމުން އެންމެ ފުރަތަމަ ހަނދާނަށް ގެންނަން ޖެހޭނީ މާތްވެގެންވާ އިސްލާމް ދީނުގައި އަންހެނުންނަށް ދެއްވާފައިވާ މަތިވެރި މަޤާމް ކަމަށެވެ.

"އަންހެނުންގެ ކުރިއެރުމާއި އަންހެނުން ބާރުވެރި ކުރުމުގެ މައުޟޫގައި އަޅުގަނޑުމެން މުސްލިމުން އެންމެ ފުރަތަމަ ހަނދާނަށް ގެންނަން ޖެހޭނީ މާތްވެގެންވާ އިސްލާމް ދީނުގައި އަންހެނުންނަށް ދެއްވާފައިވާ މަތިވެރި މަޤާމް. އެއްވެސް ކަމެއްގައި އަންހެނަކަށްވީތީ ނިކަމެތި ކަމެއް, ބޭއިންސާފެއް މާތްވެގެންވާ އިސްލާމްދީނުގައި ލައްވާފައި ނެތްކަން," ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވި އެވެ.

"އަޅުގަނޑުމެން މުސްލިމުން އިސްލާމްދީން ފުންކޮށް ބަލާ ވިސްނުމުން ކަށަވަރުވަނީ އަންހެނުންނަށް މާތްﷲ އެކަލާންގެ ދީނުގައި ދެއްވާފައިވާ މަތިވެރި މަޤާމު. އަދުލްއިންސާފް, އިއްޒަތާއި ޤަދަރު" - ސާޖިދާ މުޙައްމަދު - ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން

އަންހެނުންގެ މަތިވެރިކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ޤައުމަށް ބޭނުންތެރި ހުރިހާ މީހުން ބިނާކުރަނީ ހިތްވަރުގަދަ މަންމަ އިން ކަމަށެވެ. އެހެން ކަމުން އަންހެނަކު ކޮންމެ ވާޖިބެއް އަދާކުރި ނަމަވެސް މަންމައެއްގެ ޙަޤީޤީ ދައުރު ހަނދާން ނައްތަލައިނުލެއްވުމަށް އިލްތިމާސް ކުރެއްވި އެވެ.

"އަންހެނަކާ އަކީ އުންމަތެއް ނުވަތަ ޤައުމެއް ދިރިގެން އައުމުގެ އަސްލު. މަންމަ އަކީ ކޮންމެ އިންސާނެއްގެ ވެސް ފުރަތަމަ މުދައްރިސް. މަންމަ އަކީ ކޮންމެ އިންސާނެއްގެ ވެސް އެންމެ ފުރަތަމަ އެހީތެރިޔާ. އެންމެ ފުރަތަމަ ހިޔާވަހި. އެންމެ ފުރަތަމަ މަދަރުސާ," ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު